ސަރުކާރުން މަސައްކްތް ކުރަމުންދަނީ އެބޭފުޅާ ފްރޭމްކުރުމަށް ކަމަަށް ޕީޕީއެމްގެ ސެނެޓަރ އިބްރާހިމް ރައްޒާން (ޓަކީ) ވިދާޅުވެއްޖެއެވެ.
ޓްވިޓަރ މެދުވެރިކޮށް ރައްޒާން ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެބޭފުޅާ ނުކުރާ ކަމަކަށް ފްރޭމްކުރުމަށް ކަމަށާއި، މާދަމާ އެބޭފުޅާ ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރަނީ މި މަގްސަދު ހާސިލްކުރުމަށް ކަމަށެވެ.
ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުންވެސް ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި، ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ އެއްވެސް ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަންކަމަކީ ފެންނަންހުރި ހަގީގަތް ކަމަށާއި، ސަރުކާރުން މިއަދު އެބޭފުޅާއާއި މެދު އަމަލުކުރަމުންދަނީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ރައްކާތެރިކަމަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއްނެތި ކަމަށް ވިދާޅުވިއެވެ.
ހަމަ އެހެންމެ ބަންދުގައި ހުންނެވިއިރުވެސް، ސިއްޙީ ފަރުވާ ލިބިފައި ނުވާކަމަށާއި، ހަމަޖެހުފައިވާ އުސޫލުން އާއިލާއާއި ބައްދަލުކުރުމުގެ ފުރުސަތު ދީފައި ނުވާކަންވެސް ރައްޒާން ފާހަގަކުރެއްވިއެވެ. އަދި ލޯޔަރުންނާއި ބައްދަލުކުރމުގެ ފުރުސަތުވެސް ދީފައިނުވާކަމަށާއި، ސަރުކާރުން މަސައްކަތްކުރަމުންދަނީ އެބޭފުޅާ މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށްކަމަށް ވިދާޅުވިއެވެ.
ކްރިމަނަލް ކޯޓުން ރައްޒާން ދޫކޮށްލި މަސަލައިގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި ތާވަލްކޮށްފައިވަނީ މާދަމާއަށެވެ. މި މައްސަލައިގައި ރައްޒާންގެ މައްޗަށް އެންމެ ފުރަތަމަ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހުމަށްފަހު ކޯޓުން ވަނީ އެބޭފުޅާ ދޫކޮށްލާފައެވެ.
އޭގެ ފަހުން ރައްޒާން ވަނީ ތަކުރާރުކޮށް ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ފުލުހަށް ހާޒިރުކޮށް މައްސަލައިގައި ދެން ހިމެނޭ ޕީޕީއެމްގެ ސެނެޓަރު މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ހެކިބަސް ދިނުމަށް އެދިފައިވާކަމަށް ރައްޒާން އާއި އެބޭފުޅާގެ ލޯޔަރު އާދަމް އާސިފް ވަނީ މީޑިއާތަކާއި ހިއްސާކުރައްވާފައެވެ.
I am being framed by @governmentmv for my political beliefs. They intend to detain me by jailing me for the duration of the investigation which they're prolonging through bureaucratic red tapes, indefinitely jailing me. Help me raise concern against this #PoliticalPersecution pic.twitter.com/rH3yP0hJFX
— Razzan Ibrahim (@RazzanMDV) July 16, 2022
މީގެ އިތުރުން ދޮގު ހެކި ދިނުމަށް އިންކާރުކުރުމުން ރައްޒާނަށް ފުރައްސާރަކޮށް، ނަފްސާނީ ގެއްލުން ލިބޭފަދަ ގޮތްގޮތަށް އަމަލުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ރައްޒާން ހައްޔަރުކުރެވުނީ ފާއިތުވެދިޔަ މަހުގެ 21 ވަނަ ދުވަހު ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުން ރާވާ ހިންގުމުގެ ތުހުމަތުގައެވެ. އެބޭފުޅާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެވެ.
ކަލޯ ސިޔާސީ ވެވޭނީ ވަރަށް ހިތްވަރު ހުރެގެން ބަންދުކޮށްލާއިރަށް ރޮއިހޭރި ބިރުން އުޅެންޔާ ގޭގައޮވޭ އޭރުން ހައްޔަރު ނުކުރާނެ
thiyaee varah muhimmu meehekeve. Kommehen ves frame kuran jehe eve. Thee isthatteh noon heyyeve.