ޚަބަރު

ރައީސް އިބްރާހީމްގެ ހިތަށް ތަސައްލީއެއް ގެނައުމަށް ކޯޓަށް!

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅެނީ ރިޔާސީ އިންތިޚާބުން ބަލިވުމުންނެވެ.

އާޒިމް ވިދާޅުވީ ރައީސް އިބްރާހީމް ޒާތީވެފައިވާ ކަމަށެވެ. އެމްޑީޕީން ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޑިމޮކްރެޓްސްއިން ތަދައްހުލް ވުމާމެދު ގޮތެއް ނިންމުމަށް އެ ޕާޓީން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މި މައްސަލައިގެ އެންމެ ބޮޑު އެއް ބޭނުމަކީ ރައީސް އިބްރާހީމްގެ ހިތަށް ތަސައްލީއެއް ގެނައުންކަމެވެ.

”ހަގީގަތުގައި އެންމެ ބޮޑު އެއް ބޭނުމަކީ ރައީސް އިބްރާހީމްގެ ހިތަށް ތަސައްލީއެއް ގެނައުން ކަމަށް އަބަދުވެސް އަޅުގަނޑު ތަކުރާރުކޮށް މިދެކެނީ. ޒާތީ މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް ފެނިގެން މިދަނީ“ އާޒިމް ވިދާޅުވިއެވެ.

 

ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް، ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މައްސަލަ އޮތީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.

 

ނޮވެންބަރު 6ވަނަ ދުވަހުގެ ހެނދުނު 9:30އަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފައިވާއިރު، އެ މައްސަލައަށް ތަދައްހުލުވުމަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ވެސް ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button