ޚަބަރުސިޔާސީ

ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީއާއި ޕެނެޑޯލް ވިއްކި މައްސަލައެއް ފެންމަތިވެއްޖެ

ހައްޖު ކޯޕަރޭޝަނުން ހާޖީންނަށް ކޮފީއާއި ޕެނެޑޯލް ވިއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ފެންމަތިވީ ހާޖީންނަށް ބޭނުންވާ ކެއުން ބުއިމާއި ބޭސްފަރުވާގެ ކަންކަން އެހެން ޖަމާއަތްތަކުން ހިލޭ ކޮށްދެމުންދާ އިރު، 1443 ގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ވަޑައިގެންނެވި
ހާޖީންނަށް ކޮފީ އާއި ޕެނެޑޯލް ވިއްކި ކަމަށާއި، ޕެނެޑޯލް ގުޅައެއްވެސް 2 ރިޔާލަށް ވިއްކަމުންދިޔަ ކަމަށާއި،
މިކަން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ އަށް ޝަކުވާއެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް، އެކަން ހައްލުނުކޮށްދެއްވާ ކަމަށް ހާޖީންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ސުވާލުގެ ޖަވާބު ލިޔުމުން ހޯދުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.

ބޮންޑެގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ސޮއި ކުރައްވައި މަޖިލީހަށް ފޮނުއްވެވި ސިޓީ މަޖިލީހުގެ އަމީން އާންމު ވަނީ އިއްވަވާފައެވެ. އެގޮތުން ކޮފީ ބޯތަނެއް ހަދައިގެން ކޮފީވެސް ވިއްކި ކަމަށާއި، ޕެނެޑޯލް ގުޅައެއް 2 ރިޔާލަށް ވިއްކާފައިވާކަން ޒާހިރު ވަނީ ހައްޖު ކޯޕަރޭޝަނާއި ހަވާލާދީ ކަށަވަރު ކޮށްދެއްވާފައެވެ.

ހައްޖު ކޯޕަރޭޝަނަކީ ސަރުކާރުގެ ފަރާތުން އާންމު ރައްޔިތުން ހައްޖަށް ފޮނުވާ ކުންފުނި ކަމަށްވާއިރު، މިފަދަ އަމަލެއް ހިނގައިގެން ދިއުމުގެ ސަބަބުން އެ ކުންފުނީގެ ފަރާތުން މިއަހަރު ހައްޖަށް ދިޔަ ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button