ޚަބަރުސިޔާސީ

ކަނޑު ވިއްކާލާފަ ރައީސް އިބްރާހީމް އެ ބަދަލުވީ ރާއްޖޭގެ އެންމެ ބޮޑު ޗޯރަށް، އެނޫން ނަމެއް ދެން ނުކިޔާނެ: ޒާހިރު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިއްރު ސިޓީފުޅަކުން ދިވެހިރާއްޖޭގެ ދެކުނުގެ ކަނޑުން ބޮޑުބައެއް ވިއްކާލުމުން އެމަނިކުފާނަކީ ރާއްޖޭގެ އެންމެ ބޮޑު ”ޗޯރު“ ނުވަތަ ސިއްރުކަންތައް ކުރާ އެންމެ ބޮޑު މޭސްތިރިއާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޒާހިރު ވިދާޅުވީ ރައްޔިތުންގެ ވެންޓިލޭތަރުތަކުން ވައްކަން ކުރުމަށްފަހު ރައްޔިތުންގެ ކަނޑު ވިއްކާލުމުން ރައީސް ސޯލިހަށް މީހުން ފާޑުކިޔާނެ ކަމުގައެވެ.

”މިހުރިހާ ކަމެއް ކޮށްފަ ދިވެހި ރައްޔިތުން ދެން ޗޯރު ނޫން އެއްޗެއް ނުކިޔާނެ.“ ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވިގޮތުގައި އެއީ ރައީސް ސޯލިހު އަމިއްލަފުޅަށް ހޯއްދެވި ލަގަބެކެވެ. އަދި އެމަނިކުފާނު އެކަމުން ނެއްޓެން ކިތަންމެ ވަރަކަށް މަސައްކަތްޕުޅު ކުރެއްވިޔަސް ދެން އެކަމެއް ނުވާނެކަން ޒާހިރު ފާހަގަކުރެއްވިއެވެ.

ކަނޑުވިއްކާލި މައްސަލަ ހޫނުވެފައިވާއިރު، ޗާގޯސް މައްސަލަ ސަރުކާރާ އެއްކޮޅަށް ނިމުނީ މި މައްސަލައިގައި ސަރުކާރުން ދިވެހި ޤައުމާ އެއްކޮޅަށް ވަކާލާތުނުކުރީމަ ކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުވެސް ވަނީ ކުރިން ވިދާޅުވެފައެވެ.
އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ރާއްޖޭގެ ސަރަޙައްދީ އިން ކަނޑައެޅުމާ ގުޅިގެން ގޮތް ނިންމިއިރު އެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ގެއްލި ދިވެހިންނަށް ނާކާމިޔާބު ވުމާއި ގުޅިގެން ކަނބޮޑުވުން ފާޅުކުރައްވާ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ. ޗާގޯސް މައްސަލައިގައި ކަން ހިނގައިދިޔަގޮތާއި ގުޅިގެން ސަރުކާރުން ފަންޑުކުރާ ނޫސްތައް މެދުވެރިކޮށް ރައްޔިތުންނަށް އޮޅޭގޮތަށް ފަތުރަމުންދާ ދޮގު މަޢުލޫމާތުތަކުގެ ޙަޤީޤަތް ވެސް އާޒިމާ ދަނީ ހާމަ ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button