ޚަބަރުސިޔާސީ

ހަވީރު ނޫހަކީ ޒާހިރުގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

ހަވީރު ނޫހަކީ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ މިލްކެއްކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، ހައިކޯޓުން ޒާހިރާ ދެކޮޅަށް ނިންމި މައްސަލައިގައި ހަވީރުގެ މުދަލެއް ހުރިތޯ ބަލާފައި ނެތްކަމުގައެވެ. އަދި، އެއްދުވަސްވަރަކު ހަވީރުގެ މަސްއޫލުވެރިއެއްގެ ގޮތުގައި ހުންނެވި އިބްރާހީމް ރަޝީދު މޫސާ އަށް އެނޫހުގެ މިލްކުވެރިކަން ލިބެންވީ ސަބަބެއް ކަމުގައި މަސްއޫލުވެރިކަން ނުވާ ކަމުގައެވެ. އަދި ޑރ. ޒާހިރު ނުހިމަނާ އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އެ އެއްބަސްވުމުގައި ގާނޫނީގޮތުން ބަނދެވޭ އެއްވެސް ސަބަބެއް ނެތްކަންވެސް އެ ކޯޓުގެ ހުކުމުގައިވެއެވެ.

އެގޮތުގެ މަތިން ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އިސްވެ ހުންނަވާ ބެއްލެވި މައްސަލައިގައި ހުކުމްކޮށްފައިވަނީ، ސިވިލްކޯޓުން ޒާހިރާ އެއްކޮޅަށް ނިންމި ހުކުމަށް ތާއިދުކޮށް ހައިކޯޓުގެ ހުކުމް ބާތިލު ކަމުގައެވެ.

ސުޕްރީމްކޯޓުގެ އިސްތިއުނާފު މައްސަލަ ބައްލަވާފައިވާ ފަނޑިޔާރުންނަކީ، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ގެ އިތުރުން ފަނޑިޔާރު ޝުޖޫން އެވެ.

ހަވީރު ނޫހާއި ލޯމާފާނު ޕްރިންޓްސްގައި ވަނީ ޑރ. ޒާހިރުގެ ހިއްސާކަމަށާއި އެ 2 ވިޔަފާރީގައި ރަޝީދު  އާއި ފާރޫގުގެ ހިއްސާއެއް ނުވާކަމަށް ބުނެ ސިވިލްކޯޓުން ޒާހިރުއާ އެއްކޮޅަށް 2014 ވަނަ އަހަރު ހަވީރު ނޫހުގެ މައްސަލަ ނިންމާފައިވެއެވެ. ނަމަވެސް، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button