ޚަބަރުސިޔާސީ

ވާރިއަށް ހުރާއިން ދިން ޔާގީންކަމަކީ ދާއިރާގެ ދަރިއެއްގެ ގޮތުގައި މަޖިލީހަށް ހޮވައިދޭނެކަން!

ކ އަތޮޅު ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމް ޕީއެންސީން ވާދަކުރައްވާ އަބްދުﷲ ވާރިޝް (ވާރި) އަށް ހުރާއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެދާއިރާގެ ފޯރިގަދަ ޕްރައިމަރީ ކާމިޔާބު ކުރި ކެންޑިޑޭޓް، ވާރި އިއްޔެ ހަވީރު ހުރާއަށް ދިއުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް ބަނދަރު ސަރަހައްދަށް ގޮސްފައެވެ. ބަނދަރު ސަރަހައްދުން ފަށައިގެން ހުރާ ޕީޕީއެމް ޕީއެންސީ ޖަގަހައާ ހަމައަށް ދިގު ސަފެއް ހަދައި ގިނަ އަދަދެއްގެ އާންމުން ވަނީ ވާރިއާ ސަލާންކުރަން ނިކުމެފައެވެ.

އެގޮތުން އެ ރަށުގެ ކައުންސިލްގެ ރައީސް އީސާ އަހުމަދާއި އެރަށުގެ ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުން ވަނީ ވާރިއަށް ތާއިދު ކުރެއްވުމުގެ ގޮތުން އެރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ބައިވެރިވެފައެވެ. ރައްޔިތުންނާއެކު ކުރިއަށް ދިޔަ މި ހަފްލާގައި ޒުވާނުންގެ އިތުރުން ގުޅި އަދި ހިންމަފުށީ ޕީޕީއެމް ޕީއެންސީގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާގައި ހުރާ ކައުންސިލްގެ ރައީސް އީސަ ވަނީ ސަރުކާރުގެ ކެންޑިޑޭޓް ކަމުގައިވާ ވާރި އިންތިހާބު ކުރުމުގެ މުހިންމުކަން ރައްޔިތުންނަށް ހާމަކޮށްދެއްވާފައެވެ. އެގޮތުން އީސަ އެންމެ ބޮޑަށް ފާހަގަކުރެއްވީ އެ ދާއިރަގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ދާއިރާގެ ހަމައެކަނި ދަރިއަކަށް ނުވަތަ އެ ދާއިރާއަށް ވޯޓު ލެވޭ ހަމައެކަނި ބޭފުޅަކީ ވާރި އެކަނި ކަމެވެ. އެދާއިރާގެ ކައުންސިލްތަކުގެ ރައީސުންގެ ތާއީދާއި ޕީޕީއެމް ޕީއެންސީ ފިކުރުގެ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ވާރި ނޫން ކެންޑިޑޭޓަކު ހޮވައިފިނަމަ، ”ގެއްލުމުގެ“ ފުރުސަތު ބޮޑެވެ.

”އަޅުގަނޑުމެން ބަލަންވީ ނުގެއްލޭނެ ކެންޑިޑޭޓެއް އިންތިހާބު ކުރެވޭތޯ. އެއީ އަބްދުﷲ ވާރިޝް. އެނޫން ކެންޑިޑޭޓެއް ނެތް.“ އީސަ ވިދާޅުވިއެވެ.

މި ހަފްލާގައި ހުރާގެ ޕީޕީއެމް ނަގަހައްޓައި ދިރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަމުން އަންނަ ޕީޕީއެމް ޕީއެންސީ ސްޓިއަރިންގ ކޮމެޓީގެ މެންބަރު ރިމާޒާވެސް ވަނީ ވާހަކަ ދައްކާފައެވެ. އަދި ދާއިރާގެ ޒުވާނެއްގެ އިތުރުން ވާރިގެ ގާތް އެކުވެރިއަކުވެސް ވަނީ އާންމުންނާ ބައްދަލުކޮށް، ވާރި މަޖިލީހަށް އިންތިހާބު ކުރުމަކީ ހުރާ ދާއިރާގެ ދަރިންގެ މުސްތަގުބަލަށް އެންމެ ރަނގަޅު ގޮތްކަން ފާހަގަކޮށްފައެވެ.

ހުރާ ސްޓިއަރިންގ ކޮމެޓީގެ މެންބަރު ރިމާޒާ

މީގެ އިތުރުން ހިންމަފުށީ ކުރީގެ ކައުންސިލްގެ ރައީސް އަދި އެދާއިރާގެ ޕީޕީއެމް ޕީއެންސީގެ ރައީސް ޝާން ވެސް ވަނީ ދާއިރާގެ އުފަން ދަރިއަކު އިންތިހާބު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.

ހުރާ ކައުންސިލްގެ ރައީސް އީސަ

ހިންމަފުށިންވެސް މީގެ ކުރިން ވާރިއަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ވާރިގެ ތިން ވަނަ ދަތުރު ކުރިއަށް އޮތް ހަފްތާގައި ހަމަޖެހިފައިވަނީ އޭނާ އުފަން ރަށްކަމުގައިވާ ގުޅިއަށެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button