ޚަބަރު
ސަރުކާރާއި ދޭތެރޭ ހިތްހަމަ ނުޖެހުމުން ހުރާގެ ޒުވާނުން މަގުމައްޗަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި މެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން ހުރާގެ ޒުވާނުން މަގުމައްޗަށް ނިކުމެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި އެއްވުމަކީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ އިސްވެރިންތަކެއް ރަސޫލާއަށް ފުރައްސާރަކުރުމާއި ގުޅިގެން އެކަމުގެ ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ބޭއްވި އެއްވުމެކެވެ.
އެހެންނަމަވެސް އެއްވުމުގެ ބައިވެރިން ވަނީ ސަރުކާރުން މިހާރުކަންތަށް ކުރަމުން އަންނަގޮތާއި މެދު ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެން ނާޒިމް ސައްތާރު ހައްޔަރު ކުރުމަށްވެސް އެއްވުމުގެ ބައިވެރިން އަންނަނީ ގޮވަމުންނެވެ.