ޚަބަރުސިޔާސީ

ރައީސް އިބްރާހިމަކީ ވަގެއް: ސްޓޭޓް މިނިސްޓަރު މުޣުނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުއަކީ ވަގެއްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކުންފުނިތަށް ހިންގަވަން ތިބި ފަރާތްތަކުގެ ނަޒާހާތްތެރި ކަމެއް ނެތް ކަމާއި އެ ފަރާތްތަކުން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރުމަށް ގޮވާލައި މީހަކު ކޮށްފައިވާ ޓުވީޓެއް ރިޓުވީޓް ކުރައްވަމުން މުޣުނީ ކުރައްވާފައިވާ ޓުވީޓްގައި އޭނާ ވިދާޅުވީ ރައީސް އިބްރާހިމް އަކީ ހިންނަވަރު ވަގު ކަމަށާއި ސަރުކާރުގެ އެސްއޯއީތަކުގައި ތިބީ ކޮރަޕްޓުން ވަގުންގެ ޓީމެއް ކަމަށެވެ.

އެގޮތުން އާބަންކޯގެ އެމްޑީ އާތިފާއި އެސްޓީއޯގެ އެމްޑީ ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއުގެ އިތުރުން އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު އަދި ސްޓެލްކޯގެ އެމްޑީ ޝަރީފާއި ފެނަކައިގެ އެމްޑީ ސައީދަކީ ކޮރަޕްޓް ވަގުން ކަމަށް މުޣުނީގެ ޓްވީޓްގައި ހާމަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ މުޣުނީ ކުރެއްވި ޓްވީޓްގެ ސްކްރީން ޝޮޓެއް

ސަރުކާރުގެ ކުންފުނިތައް ހިންގެވުމަށް އެމަނިކުފާނު އިސްކުރައްވާފައިވަނީ ހައްތާވެސް ޤާބިލިއްޔަތު ކަމެއް އަދި ނަޒާހާތްތެރި ކަމެއް ނެތް ވެރިން ކަމަށާއި، އަދި މި ކޮރަޕްޓް ސަރުކާރު ނިމެން ދެން އޮތީ އެންމެ 4 މަސް ކަމަށްވެސް މުޣުނީ ގެ ޓްވީޓްގައި ވިދާޅުވި އެވެ.

ހަސަން މުޣުނީއަކީ ރައީސް އިބްރާހިމްގެ ސަރުކާރުގެ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ފަހުން އެ މަޤާމުން ވަކި ކުރައްވައި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އޭނާއަށް ވަނީ ދެއްވާފައެވެ.

މުޣުނީ ރައީސް އިބްރާހިމަށް ވަގަށްގޮވާފައި ކުރެއްވި ޓްވީޓް އޭނާ މިހާރު ވަނީފޮހެލާފައެވެ.އަދި އެއީ އޭނާ ބުނިއެއްޗެއް ނޫންކަމަށްވެސް ބައެއް ނޫސްވެރިންގާތުގައި ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އެ ޓްވީޓް ކޮށްފައިވަނީ މުޣުނީގެ ރަސްމީ ޓްވިޓާރ ހެންޑްލްއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button