ޚަބަރު

އަނެއްކާވެސް ރައީސް އޮފީހުން އަމިއްލަ ވިޔަފާރި ޕްރޮމޯޓުކޮށް ޓުވީޓުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވުމަށްފަހު ސަރުކާރުގެ ރަސްމީ އެކައުންޓްތަކުން ޖިމްގެ ޕްރޮމޯޝަން މަސައްކަތްކުރުމުން އާންމުންގެ ފާާޑުކިޔުން އަނެއްކާވެސް ސަރުކާރަށް އަމާޒުވެއްޖެއެވެ.މިއަދު ހުޅުވުނު މި ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި އެއްފަހަރާ ޖުމްލަ 200

މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި މި ސެންޓަރުގައި އެކްސަސައިޒް ސައިންސް އެންޑް ޓެސްޓިންގ ރޫމެއްގެ އިތުރުން ކޮންޕްރެޝަން ތެރެޕީ ރޫމެއްވެސް ހިމެނޭކަމަށް ވިދާޅުވެ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ޓްވިޓާއިން ވަނީ މި ޖިމް ވަރަށްބޮޑަށް އިޝްތިހާރު ކުރައްވާފައެވެ.

ޓީ.އެފް.ޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ޚިދުމަތްދޭ ތަންތަން ބައްލަވާލައްވައި އެތަންތަނުގައި ފޮޓޯ ނަންގަވައި އާންމުކުރައްވާފައެވެ.

މިކަމާއިގުޅިގެން ގިނަބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް އަމިއްލަ ބައެއް ވިޔަފާރިތައް ސަރުކާރުން ޕްރޮމޯޓް ކޮށްދިނުމަކީ ކޮރަޕްޝަންނޫންތޯ ސުވާލުކުރަމުންނެވެ.

 

ރައީސް އިބްރާހިމް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބައެއް އަމިއްލަ ވިޔަފާރިތައް ހުޅުވައިދެއްވާ ރައީސް އޮފީހުގގެ ރަސްމީ އެކައުންޓްތަކުން ޕްރޮމޯޓްކުރަމުންދާތީ އާންމުންގެ ފާޑުކިޔުން އަމާޒު ވުމުން މީގެ ކުރިން ރައީސް އޮފީހުން ބުނީ މިފަދައިން އެމަނިކުފާނު ބައެއް ފިހާރަތަކާއި އެހެނިހެންއަމިއްލަ ބައެއް ވިޔަފާރިތައް ހުޅުވައިދެއްވަން ވަޑައިގަންނަވަނީ އޮންނަ އުސޫލެއްގެ ތެރެއިން ވަގުތު ލިބިވަޑައިގަންނަވާ މިންވަރަކުންކަމަށެވެ.

 

One Comment

  1. ރައިސްގެ ވިޔަފާރި އެއް ކަމެއް ފަޒޫގެ ވިޔަފރިއެއް ކަމެއް ، އާއިލީވިޔަފާރި އެއް ކަމެއް ގުޅުމެއް ނެތް ބޭރު ވިޔަފާރިއެއް ކަމެއް ކިހިނެއް އެގެނީ. އަމިއްލަ ކަންކަމަށް އިސްކަން ދެއްވަނީއެއް ނޫން ކަމެއް ކިހިނެއް އެގެނީ. ރައީސަކީ އާއިލީވިޔަފާރި ކުރައްވާ ، ދަރިންގެ ހިއްސާއެއް އޮތް ތަނެއް ކަމެއް ނޫން ކަމެއް ނޭގޭއިރު . އަމިއްލަ އަށް މަތިން ބައިން އަޅާގަނެ އެހެން މީހުން ގެ ވިޔަފާރި ހުޅުއްވާދެއްވި އަސް ސަރުކާރުން އިސްތިހާރު ޓްވިޓާގަ ކުރަން ޖެހެނީ ކީއްވެ ؟ ހުޅުއްވާދެއްވާ ހުރިހާތަނެއް މަގާމުގެ މަސްޢޫލިއްޔަތާގުޅުމެއް ނެތަސް އިސްތިހާރު ކޮއްދެއްވަން ޖެހޭނެތަ؟

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button