ޓެކްސް މާފު ކުރުމުގެ ބާރު ރައީސަށް

ރައީސުލްޖުމްހޫރިއްޔާއަށް ޓެކްސް މާފު ކުރުމުގެ ބާރު ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިބިލް ހުށަހަޅާފައިވަނީ ގައްދޫ ދާއިރާގެ މެންބަރު ޒާހިރެވެ. މި ބިލު ދިރާސާކޮށް މާލިއްޔަތު ކޮމެޓީން ވެސް އޮތީ ފާސްކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި މުޅި މަޖިލީހުގެ ކޮމެޓީން ވަނީ މާ ބޮޑު ބަދަލެއް ނުގެެނެސް މި ބިލު ފާސް ކޮށްފައެވެ.
މުޅި މަޖިލީހުގެ ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 27 މެމްބަރަކު ވޯޓު ދެއްވިއިރު ނުފެންނަ ކަމަށްވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
މިބިލު ފާސްވުމާއި އެކު ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ލިބިގެންދާނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އިސްތިސްނާ ދެވޭނެ މުއްދަތު ގާނޫނަކުން ކަނޑައެޅުމުގެ ބަދަލުގައި އެ ބާރު ސީދާ ރައީސަށް ލިބިގެންދާނެއެވެ.
މިބިލުގައިވާ އިސްލާހުތަކަށް އިދިކޮޅުގެ މެންބަރުން އަންނަނީ ބޮޑަތި ފާޑު ކިއުންތަށް އަމާޒު ކުރަމުންނެވެ.
ބިލާމެދު އެންމެ ފަހުގެ ގޮތް ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.