
އިވެރިކަމުގެ އިތުރު ދައުރެއް ބޭނުންފުޅުވާކަމަށް ރައީސް ސޯލިހް ދުވަހަކުވެސް ވިދާޅުނުވާ ކަމަށް ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އާސްކް ސްޕީކަރ ޕްރޮގްރާމްގައި ސުވާލަކަށް ޖަވާބު ދެެއްވަމުންނެވެ.
ރައީސް ނަޝީދުވަނީ މިރޭގެ ޕްރޮގްރާމްގެ ތެރެއިން 2023ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި އެމްޑީޕީގެ އެތެރޭގެ ނިންމުންތައް ނިންމަނީ ވޯޓުން، ޑިމޮކްރަސީގެ އުސޫލުންނެވެ. އަދި މިނިންމުމުގެ ސަބަބުން އެމްޑީޕީގެ އެތެރޭގެ ބައިބައިވުން ނުއުފެދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވެއެވެ.