ޚަބަރުސިޔާސީ

ސަރުކާރުން ބޭނުނުން ވެއްޖެނަމަ، ނަފްރަތުގެ ބިލު ހުއްޓުވޭނެ: ސައީދު

ނަފްރަތުުގެ ބިލަކީ ސަރުކާރުން ބޭނުން ވެއްޖެނަމަ ހުއްޓުވޭނެ ބިލެއްކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރާއި މަޖިލީހުގެ މެޖޯރެޓީ އޮތީ އެމްޑީޕީގެ އަތުގައި ކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރަކީ ރައއީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ ވަޒީރުކަމަށާއި، ބޭނުން ވެއްޖެ ކަމުގައި ވާނަމަ ނަފްރަތުގެ ބިލު ރައީސް ސޯލިހަށް ހުއްޓުވޭނެކަމަށެވެ. ސައީދު މިހެން ވިދާޅުވެފައި ވަނީ ނަފްރަތުގެ ބިލަށް އިސްލާހުގެނައީ އިސްލާމިކް މިނިސްޓްރީގެ ލަފައާ އެއްގޮތަށް ނޫންކަމަށް ބުނެ އޮންލައިން ނޫހެއްކަމުގައިވާ ”ދިޔަރެސް“ އިން ލިޔުނު ހަބަރެއް ހިއްސާ ކުރައްވަމުންނެވެ.

ނަފްރަތުގެ ބިލު މަޖިލީހަށް ހުށައެޅުމުން ގިނަ ބަޔަކު އަންނަނީ އެ ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button