ޚަބަރު

ވެމްކޯގެ މުސާރަ ލަސްވުމުގެ ސަބަބުން މުވައްޒަފުން ރަތަށް!

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒިފުންނަށް މުސާރަ ދިނުން ލަސްވުމުގެ ސަބަބުން މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށފިއެވެ.

ވެމްކޯގެ މުވައްޒަފުންގެ ނިމިދިޔަ ޖޫން މަހުގެ މުސާރަ ލަސްވިކަން ވަރަށް އިތުބާރު ހުރި ގޮތަކަށް ”ބޮންތި“ އަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ޖޫން މަހުގެ މުސާރަ މުވައްޒަފުންނަށް ޖަމާވީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަދި މުވައްޒިފުންނަށް ލަސްވުމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ހަދާފައިވާ ގްރޫޕް ވަނީ ހޫނުވެފައެވެ.

ސިވިލް ސާރވިސް އަދި ސަރުކާރުގެ ކުންފުނިތަކުން އާމުގޮތެއްގައި މަސް ނިމުމުގެ ކުރިން މުސާރަ ދެއެވެ. ވެމްކޯއަކީވެސް ކޮންމެ މަހެއްގެ 15 އިން 15 އަށް މުސާރަ ޝީޓް ތައްޔާރުކުރާ ކުންފުންޏެކެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ދިއުމުގެ ސަބަބުން މިފަހަކަށް އައިސް މުވައްޒަފުންގެ މުސާރައިގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

2 Comments

  1. ތީ ހަމަ ވެމްކޯގެ މެނޭޖުމެންޓު ކަޑަ ކަމުން. ކޮވިޑް އެލެވެންސް ވެސް ކާލަން ވެގެން އުޅުނު ބައެއް ތިޔައީ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button