
2017 ވަނަ އަހަރު އެސްއޯއީ އަދި ޕްރައިވެޓް ސެކްޓަރގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢު ސަރުކާރުން ފަށާފައިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނިމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސް ކަމުގެ މަގާމު އަދާކުރައްވަމުން އަންނަ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަޝްރޫއުތަކަކީ ދިވެހިރާއްޖޭގެ ޒުވާނުންނަށާއި ބޮޑު އަދި ކުދި އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ހިންގި މަޝްރޫއުތަކެއް ކަމުގައެވެ.
In 2017 gov invited SOE’s & the Pvt Sector for housing development. One of several key initiatives to provide shelter for families & youth in particular in #Maldives . Thank u @prz_ymn Congratulations @MACLmedia @ProgressPartyMV pic.twitter.com/d4V7i9N2iw
— Mohamed Saeed (@em_saeed) October 1, 2022
މި ޓްވީޓް އެމްޕީ ސަޢީދު ކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގައި އަޅަމުންދާ އެމްއޭސީއެލް ގެ ފްލެޓްތަކުގެ ޕޮޓޯތަކެއް ހިއްސާކުރަމުންނެވެ. މި ޓްވީޓްގައި ކުރީގެ ރަޢީސުލްޖުމްހޫރިއްޔާ ޔާމީން ޢަބްދުލްޤައްޔޫމަށް ޝުކުރުއަދާކޮށް އެމް.އޭ.ސީ.އެލް އަދި ޕީޕީއެމަށް މަރުޙަބާ ވިދާޅުވެފައިވެއެވެ.