ޚަބަރުސިޔާސީ

ގަސްތައް ބަހައްޓައިގެން އަމީނީ މަގު ނުހެދެންވީ ކީއްވެ؟: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އަމީނީ މަގުގައި ގަސްތައް ބަހައްޓައިގެން ނުހެންދެންވީ ކީއްވެ ކަމާމެދު ސުވާލު އުފައްދަވައި ޓުވީޓް ކުރައްވައިފިއެވެ.

މި ޓްވީޓްގައި ޝެއަރ ކޮށްފައިވަނީ ގަސްތައް ނުނަގައި އަމީނީ މަގު ހެދެން ނެތް ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާ ‘މިހާރު’ ނޫހުގެ އާޓިކަލް އެކެވެ. އަލީ ހުސެއިން ވިދާޅުވެފައިވަނީ ގަސްތައް ނުނަގައި މަޖީދީ މަގުވެސް ހަދާފައި އޮތް ކަމަށެވެ.

އެމްޕީ ހުސައިންގެ މި ޓްވީޓަށް ރައްދު ދެއްވަމުން ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން  މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެފައިވަނީ މާލޭގަ އެއްވެސް ކަމެއް ކުރިޔަނުދޭން ފައިވިއްދާއިރު، ރަށާ އަތޮޅާއި ދާއިރާގައި ހުރި ރުއްގަސްނަގާ ވިއްކާ، ފަރުމަތީ ބޮޑުހިލަޖަހައި، ބަނދަރު ކޮނެ، ވެލިނަގާ، ބިން ހިއްކާއިރު، އަގައިންވެސް ނުބުނެ ހުރެފަ އަލީ ހުސެއިން އެވަރަކަށް މާލެއާ ޖެހިފައި ހުންނެވީ ކީއްވެ ކަން ނޭނގޭ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button