އަމީނީ މަގު ތަރައްޤީ ކުރުމަށް ގަސްތައް ކަނޑާ މައްސަލަ ކޯޓަށް ހުށަހަޅާ ފައިވާނެ ކަމަށް ޝުނާނާ އެލްއެލްޕި އެންޑް ކޯ އިން ވިދާޅުވެއްޖެއެވެ.
ޝުނާނާ އެލްއެލްޕީ އެންޑް ކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރަޢީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރަޢީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް އަމީނީ މަގު ތަރައްޤީ ކުރުމަށް ގަސްތައް ކަނޑާ މައްސަލަ ކޯޓަށް ހުށަހަޅާ ފައިވާނެ ކަމަށެވެ. އެއީ އެކަން ކުރެވޭނެ އިތުރުގޮތްތައް ހުރި ކަމުގައި ދެކިލައްވާތީއެވެ. މި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެ މަސައްކަތް ހުއްޓުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެކަމަށެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރަކަށް ހުންނަވައި ރައީސް ނަޝީދު ދައުލަތާއި ދެކޮޅަށް ސަރުކާރުގެ ޕޮލިސީއެއް ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބޭނުމަކީ ހަމައެކަނި ގަޑުބަޑު އުފައްދާ ހަމަޖެހުން ނަގާލުން ކަމުގައި ބައެއް މީހުން މި ޓްވީޓްގެ ރިޕްލައިގައިކޮށްފައިވެއެވެ.