ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިގްތިސާދީ ތަސައްވުރާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވޯލްޑް ބޭންކުގެ ބޭފުޅުންނާ މަޝްވަރާ ކުރައްވައިފިއެވެ.
އެގޮތުން ސައީދު ވަނީ ވޯލްޑް ބޭންކުގެ ސައުތު އޭޝިއާ ސަރަހައްދުގެ ނައިބުރައީސް މާޓިން ރެއީސާ އާއި އެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ރައީސް މުއިއްޒު ތަންފީޒުކުރައްވަން ނިންމަވާފައިވާ ސިޔާސަތުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ.
ރާއްޖޭގައި ޑިވެލޮޕްމެންޓު ބޭންކެއް އުފެއްދެވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތަފްސީލް މިނިސްޓަރ ސައީދު ވޯލްޑް ބޭންކާ ހިއްސާކުރެއްވިއިރު، ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭގޮތުންވެސް އެމަނިކުފާނު ވަނީ މާޓިން ރެއިސާ އާއިއެކު މަޝްވަރާ ކުރައްވާފައެވެ