ޚަބަރުސިޔާސީ

ގައުމިއްޔަތާއި މިނިވަންކަމުގެ ޖިހާދު މަތިވެރި: ސައީދު

ދިވެހި ތާރީޚުގައި ޤައުމަށް އެންމެ އަނދިރި ދުވަސްތައް ކުރިމަތި ކުރުވި ކޮންމެ ހިއްދަތިކަމެއް ފެށުނު ހިސާބާއި އެފަދަ ޤައްދާރުކަމެއް ނިންމަން ދިވެހިޤައުމު އަދާކުރަން ޖެހުނު އަގު ހިތަށް ގެނެސްފިނަމަ ތަފާތަކަށްވަނީ ޒަމާން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މެންބަރު ސަޢީދު މިހެން ވިދާޅުވެފައިވަނީ ޤަޢުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރަމުން ކުރެއްވި ޓްވީޓެއްގައެވެ. ސައީދު ވިދާޅުވީ ޤައުމިއްޔަތާއި މިނިވަންކަމުގެ ޖިހާދު މަތިވެރިކަމަށެވެ.
އޭނާގެ ޓްވީޓް އާއި އެކުގައި ރާއްޖޭގެ ތާރީޚް ދައްކުވައިދޭ ވީޑިއޯއެއްވެސް ހިމަނާފައިވެއެވެ.

މިއަދަކީ ދިވެހިންގެ އެންމެ ފަހުރުވެރި ދުވަސް ކަމުގައިވާ ގައުމީ ދުވަހެވެ.

ރާއްޖޭގެ ގައުމީ ދުވަހަކީ ގާނޫނުއަސާސީގައި އެ ދުވަހުގެ ވާހަކަ ބަޔާން ކުރާ ހަމައެކަނި ދުވަހެވެ.

މި ދުވަސް ފާހަގަކުރަނީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ވިލޭރޭ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ބޮޑު ތަކުރުފާނާއި އެ ތަކުރުފާނުގެ ބޭކަލުން ކުރެއްވި ޖިހާދުގެ ހަނދާން އައު ކުރުމުގެ ގޮތުންނެވެ. ރަސްމީ ސިފައެއްގައި އެ ދުވަސް ފާހަގަ ކުރާތާ މިއީ 80 ވަނަ އަހަރެވެ.

ޕޯޗުގީޒުންގެ އަތް ދަށުގައި ރާއްޖެ އޮތީ 15 އަހަރާއި 6 މަސް ދުވަސް ވާންދެނެވެ. އެއީ ދިވެހިން ދުށް އެންމެ އަނިޔާވެރި ދުވަސްތަކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button