ޚަބަރުސިޔާސީ

މާދަމާގެ ރިޔާސީ ބަޔާން: ރައީސަކު މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ބޮޑު ގައުމީ ތަސައްވުރު

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް މާދަމާ އިއްވެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

”ބޮންތި“ ނޫހަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ

މިއީ ދިވެހި ގައުމާއި، ރައްޔިތުންނަށް ނުހަނު އުންމީދީ އަދި ވަރަށް މުހިންމު ކަންތައްތަކެއް ރައީސް ހާމަކުރައްވާނެ ރިޔާސީ ބަޔާނެއް ކަމުގައެވެ.

”ދިވެހިރާއްޖޭގެ ބަރުލަމާނީ ހާޔާތުގައި ދިވެހި ގައުމުގެ އެންމެ މަތީ ވެރިއަކު ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ހުށަހަޅުއްވަވާ އެންމެ ޝާމިލް އެންމެ ވިޝަނަރީ ގައުމީ ތަސައްވުރުތައް މި ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ.“ މިނިސްޓަރ ހަލީލު ވިދާޅުވިއެވެ.

ރައީސް މާދަމާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާ ބޯއިކަޓް ކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button