ޚަބަރު

ކައުންސިލްތަކަށް ބާރުދޭން މަޖިލީހަށް އިތުރު ބިލުތަކެއް!

ލޯކަލް ކައުންސިލްތަކަށް ބާރުތައް ދިނުމަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ އެހެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުން އިސްލާހު ހުށަހެޅި ގާނޫނުތަކުގެ ތެރޭގައި ފަޅުރަށްރަށާއި ބެހޭ ގާނޫނާއި، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި، އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނު ހިމެނެ އެވެ.

ފަޅުރައްރަށާއި ބެހޭ ގާނޫނަށް ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވަނީ 13 އިސްލާހެއް ހުށައަޅުއްވާފައެވެ. އެގޮތުން އެއް ބަދަލަކީ ރިސޯޓު ތަރައްގީކުރުމުގެ އިތުރުން ޓޫރިޒަމްގެ އެހެން މަސައްކަތްތަކަށް ވެސް ރަށްތައް ދޫކުރެވޭ ގޮތަށް އެ ގާނޫނުގެ ތައާރަފާއި ނަން ބަދަލުކުރުމެވެ. އެ ގާނޫނުގައި މިހާރު އޮތް ގޮތުން ރިސޯޓް ހެދުން ފިޔަވައި އެހެން ކަންތައްތަކަށް ރަށްތައް ދޫކުރާނީ ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީންނެވެ.

ކައުންސިލްތަކަށް ބާރު ދޭން އިސްލާހު ހުށަހަޅާފައިވާ އަނެއް ދެ ގާނޫނަކީ ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނާއި އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނެވެ. މި ދެ ގާނޫނަށް އިސްލާހު ހުށައަޅާފައިވަނީ މިހާރު ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ބައެއް ހިދުމަތްތަށް ކައުއްންސިލުން ދެވޭގޮތް ހެދުމަށެވެ. ކައުންސިލްތަކުން ދޭނެ ހިދުމަތްތައް ކަނޑައަޅައި، އެ ހިދުމަތްތައް ދޭނެ ގަވާއިދުތައް ވެސް ހަދާނީ އެ މިނިސްޓްރީންނެވެ. އެގޮތުން ހަދާ ގަވައިދުތައް، ބިލްތައް ގާނޫނަކަށް ވާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަން ޖެހޭނެ އެވެ.

ލޯކަލް ކައުންސިލް ތަކަށް ބޮޑެތި ބާރުތަކެއް ދީފައިވަނީ ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި ނުވަވަނަ އިސްލާހުގެ ދަށުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button