ޚަބަރު

މޮރީޝަސްގެ ބޮޑުވަޒީރު މިއަދު ރާއްޖެ ވަޑައިގަންނަވަނީ؟

މޮރީޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

އެނގިފައިވާގޮތުން މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު ބޮޑުވަޒީރު ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ ރިސޯޓަކަށެވެ. އަދި ބޮޑުވަޒީރު ޕްރަވިންދް މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭގޮތުން ”ބޮންތި“ ނޫހުން ކުރި ސުވާލުގެ ޖަވާބުގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން ވިދާޅުވީ އެއީ ތެދު ވާހަކައެއް ނޫންކަމަށެވެ.

ސަރުކާރުގެ ފަރާތުން އަދި ރަސްމީކޮށް މިކަން ހާމަކޮށްފައި ނުވި ނަމަވެސް އެނގިފައިވާގޮތުން މޮރީޝަސްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު ސިއްރު ކުރަން ސަރުކާރުންވަނީ ނިންމާފައިކަމަށް މަޢުލޫމާތު ލިބެއެވެ.

މޮރިޝަސްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިންނަވަން ނިންމެވިއިރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު މޮރީޝަސްގެ ރައީސްއަށް ފޮނުއްވި ސިއްރު ސިޓީ އަކުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލުމާއި، ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ ސިއްރުކޮށްގެން އުޅޭ މައްސަލަ ވަނީ ހޫނުވެފައެވެ.

އެގޮތުން ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދުގެ ފަރާތުން މިކަމާއި ދެކޮޅަށް އަޑު އުފުލުމަށް އެތައްހާސް ދިވެހި ރައްޔިތުންނާއިއެކު ރޭ ކާނިވާ ސަރަޙާއްދުގައި ވަނީ ބޮޑު ޖަލްސާއެއް ބާއްވަފައެވެ.

”ބާނާ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު“ ނަމުގައި ބޭއްވި ޖަލްސާގައި އެ ފަރާތްތަކުން ވަނީ ދިވެހި ސަރުކާރަށް ވަރުގަދަ މެސެޖްތަކެއް ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button