ޚަބަރު

އިޓްލޮސްގެ ނިންމުން ބަދަލު ކުރެވޭނެ ޙާލަތްތައް ޢާޒިމާ ވިދާޅުވެ ދެއްވައިފި

އިޓްލޮސްގެ ނިންމުމަކީ ފަހު ނިންމުން ކަމަށާއި، އެ ނިންމުން ދެން ބަދަލު ނުކުރެވޭނެ ކަމަށް، ބަންޑާރަ ނައިބު އިބްރާޙީމް ރިފްޢަތު ވިދާޅުވުމާއި ގުޅިގެން، ކުރީގެ ބަންޑާރަ ނައިބު ޢާޒިމާ ޝުކޫރު ރައްދު ދެއްވައިފިއެވެ.

މިއާއިއެކު ރާއްޖޭގެ ކަނޑުގެ ޚާޢްސަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުން ބަދަލު ކުރެވޭނެ ޙާލަތްތައް އާޒިމާ ޝުކޫރު ވަނީ ތަފްޞީލްކޮށްދެއްވާފައެވެ.އިޓްލޮސްގެ ނިންމުމާއެކު ދެކުނުގެ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެެއްލިފައިވާތީ މިކަމާއި ދެކޮޅަށް އަޑު އުފުލާ އަދި ގެއްލުނު ސަރަޙައްދު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ބަންޑާރަނައިބުން މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ޙުކުމް އިސްތިޢުނާފް ކުރެވެން އޮތް ނަމަ އެކަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލިފައިވާބައި އަނބުރާހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމު ގެޔަޤީންކަން އެބޭފުޅުންވަނީ ދެއްވާފައެވެ.

އެކަމާއި ގުޅިގެން އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ރިފްޢަތު ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނާއި ބެހޭ ޓްރައިބިއުނަލުން ކުރި ޙުކުމަކީ އިސްތިޢުނާފީ ޙައްޤު ލިބިދޭ ޙުކުމެއް ނޫން ކަމަށާއި، އެ ނިންމުން އެއްވެސް މަރުޙަލާއެއްގައި ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޢާޒިމާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އިޤުތިޞާދީ ޚާއްޞަ ސަރަޙައްދުގެ މައްސަލަ އިޓްލޮސްގައި ނިންމަވައިލެއްވީ އެ ޓްރައިބިއުނަލުގެ ޢިޖުރާއީ އުސޫލުތަކާއި ޙުކުމްތައްވެސް ވިދާޅުނުވެ ނުބައްލަވައިތޯ  ރިފްޢަތު އާއި ސުވާލު ކުރައްވާފައެވެ.

އާޒިމާ ފޭސްބުކް ގައި ކުރެއްވި ޕޯސްޓް

އާޒިމާ ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ އެ ޓްރައިބިއުނަލުގެ ޢިޖުރާއީ އުސޫލުތަކުގެ ފޮޓޯއެއްވެސް ހިއްސާ ކުރައްވާފައެވެ. އަދި އެ އުސޫލުގެ 126 ވަނަ މާއްދާ އާއި 127 ވަނަ މާއްދާގެ ދަށުން ކުރެވޭނެ ގިނަ ކަންކަން ހުރި ކަމަށްވެސް އާޒިމާ ވިދާޅުވި އެވެ.

މީގެ އިތުރަށް އާޒިމާ ވިދާޅުވީ ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ރާއްޖޭގެ ސަރަޙައްދުން ގެއްލުވާލި ބައި އަނބުރާ ހޯދޭނެ ކަމަށާއި، މި ޤައުމުގެ ޙައްޤުގައި ތެދުވާނެ މީހުން މަދެއްނުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button