ދުނިޔޭގެ އޮއިވަރުތަކުގައި ނުޖެހި ހެޔޮގޮތުގައި ކުދިން ބޮޑެތިކުރުމަށް މަސައްކަތް ކުރަންޖެހޭ: މޭޔަރ މުޢިއްޒު

ދުނިޔޭގެ އޮއިވަރުތަކުގައި ނުޖެހި ހެޔޮގޮތުގައި ކުޑަކުދިން ބޮޑެތިކުރުމަށް އެންމެހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ މިފަދައިން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ ތަޙްނިޔާ އަރިސްކުރަމުން ޓްވިޓާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ކުޑަކުދިންގެ ދުވަހުގެ ތަހްނިޔާ އެންމެހާ ކުޑަކުދިންނަށް ކިޔަން! ކުޑަކުދީންނަކީ، ބަވަނަވެފައިވާ ދުނިޔޭގައި ޖެހޭ ވަޔާ އެނބުރޭ އޮއިވަރުތަކުގައި ނުޖެހި ހެޔޮގޮތުގައި ބޮޑުކުރެވޭ ބައެއްކަމުގައި ހެދުމަށް އެންމެހާ މައިންބަފައިންނާއި، ބެލެނިވެރީންނާއި، މުދައްރިސުންނާއި، ސިޔާސަތު… pic.twitter.com/ps4THW3icU
— Dr Mohamed Muizzu (@MMuizzu) May 10, 2023
މޭޔަރ މުޢިއްޒުގެ ޓްވީޓްގައި ވިދާޅުވީ ކުޑަކުދީންނަކީ ބަވަނަވެފައިވާ ދުނިޔޭގައި ޖެހޭ ވަޔާ އެނބުރޭ އޮއިވަރުތަކުގައި ނުޖެހި ހެޔޮގޮތުގައި ބޮޑުކުރެވޭ ބައެއްކަމުގައި ހެދުމަށް އެންމެހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އެގޮތުން ކުޑަކުދިން ހެޔޮގޮތުގައި ބޮޑެތި ކުރުމަށް މައިންބަފައިންނާއި ބެލެނިވެރީން އަދި މުދައްރިސުންނާއި، ސިޔާސަތު ބައްޓަންކޮށް ހިންގާ ފަރާތްތަކުގެ އިތުރުން މުޢައްސަސާތަަކާއި، މުޖުތަމަޢުގެ އެންމެހާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަމުގައި މޭޔަރ ވިދާޅުވިއެވެ. އަދި އެ ގޮތުގައި ޢަޒުމް ކަނޑައަޅާ މަސައްކަތްކުރުމަކީ ނުހަނު ބޭނުންޖެހިފައިވާ މުޙިންމު ކަމެއްކަން މިފަދަ ދުވަހެއްގައި ފާހަގަކުރައްވާ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.