އުޟްހިޔާ ކަތިލީ މާލެސިޓީގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ނަމުގަ އެ ނިޔަތުގަ: މޭޔަރ މުޢިއްޒު

1444 ވަނަ އަހަރުގެ އަޟްހާ ޢީދުގައި މާލެ ސިޓީ ކައުންސިލުން އުޟްހިޔާ ކަތިލީ މާލެސިޓީގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ނަމުގައި އެ ނިޔަތުގައި ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަޟްހާ ޢީދު ދުވަހު ކައުންސިލުން އުސްފަސްގަނޑުގައި ބޭއްވި އުޟްހިޔާ ކަތިލުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ މުޢިއްޒު ވިދާޅުވީ އަޟްހާ ޢީދަކީ މުސްލިމުންނަށް އެންމެ މުޤައްދަސް އެއް މުނާޞަބަތު ކަމަށާއި، އެ ދުވަހު އެންމެ ޚާއްޞަވެގެން ދަނީ އުޟްހިޔާ ކަތިލުމަށް ކަމަށެވެ.
އެހެންކަމުން މާލެސިޓީ ކައުންސިލުން ގަސްތުކުރީ މާލޭގައި ދިރިއުޅުއްވާ އެންމެހާ ރައްޔިތުންގެ ނަމުގަ ކައުންސިލްގެ ފަރާތުން އުޟްހިޔާ ކަތިލަން ކަމަށާއި، އެކަން ކުރިއަށް ގެންދިޔައީ އެ ނިޔަތުގަ އެ މާތް މަޤްސަދުގައި ކަމަށް މޭޔަރ ވިދާޅުވިއެވެ.
”އަޟްހާ ޢީދަކީ މުސްލިމުންނަށް އެންމެ މުޤައްދަސް އެއް މުނާޞަބަތު. އެ ދުވަހު އެންމެ ޚާއްޞަވެގެން ދަނީ އުޟްހިޔާ ކަތިލުމަށް. އެހެންވީމަ މާލެސިޓީ ކައުންސިލުން އަޅުގަނޑުމެން ގަސްތުކުރީ މާލޭގައި ދިރިއުޅުއްވާ އެންމެހާ ރައްޔިތުންގެ ނަމުގަ އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން އުޟްހިޔާ ކަތިލަން “
މާލެސިޓީ ކައުންސިލުން ޢީދު ދުވަހު ޢީދު ނަމާދަށްފަހު އުސްފަސްގަނޑުގައި ބޭއްވި އުޟްހިޔާ ކަތިލުމުގެ ހަފްލާގައި ގިނަ ރައްޔިތުންތަކަކަށް ވަނީ އުޟްހިޔާ ހަދިޔާ ކޮށްފައެވެ.
އުޟްހިޔާ ކަތިލުމުގައި މާލެސިޓީގެ މޭޔަރ ޑރ. މުޢިއްޒު އަދި ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވަނީ. pic.twitter.com/U5BP9YmcZg
— Malé City Council (@MaleCitymv) June 28, 2023
އަޟްޙާ ޢީދަށް މާލެ ސިޓީކައުންސިލުން ގިނަ ޙަރަކާތްތަކެއް ހިންގާފައިވާއިރު އެ ހުރިހާ ޙަރަކާތެއްގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން ރައްޔިތުންނާއި އެކު ޢީދުގެ އުފަލުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
މާލެސޓީ ކައުންސިލުން އަޟްޙާ ޢީދަށް ޚައްސަކޮށް ހިންގި ޙަރަކާތްތަކަށް އާންމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
ދީނުގައި އުލްހިއްޔާ ކަތިލެވޭނީ ކިތަށް މީހުނަށް ކިތަކެތިކަން ކަނޑައަޅުއްވާފައި އޮތް ކަމެއްގައި މުއިޒް ބޭނުން ބަޔަކަށް ބޭނުން ޢަދަދަކަށް ކަތިލެވޭނެ ހެއްޔެވެ؟ ތިމާމެން ކުޅެ ބަދަލުގެންނަން ދީނީ ކަންތައް ނޫން ކަންތައް ހޯދާށެވެ. އުލްހިއްޔާ ކަތިލުމަކީ އަޅުކަމެކެވެ.