ޚަބަރު

ސަރުކާރަށް ބަލަދު އަރާފައިވާ ”ބޯގަންވިލާ“ މުޅި އާއިލާއަށް ގޯތި ދީފި

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މިސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ ބޯގަންވިލާ އާއިލާގެ އެތައްބަޔަކަށް ގޯތި ލިބިފައިވާކަން ހާމަވެއްޖެއެވެ.

ސަރުކާރުން އާންމުކޮށްފައިވާ ގޯތި ލިސްޓުގައި ބޯގަންވިލާގޭ 6 މީހަކަށް ވަނީ ގޯތި ދީފައެވެ.

ބޯގަންވިލާ އާއިލާ އަކީ މިސަރުކާރުން ޚާއްސަ އިސްކަމެއްދޭ އާއިލާއެކެވެ. އެގޮތުން ރައީސް އިބްރާހިމްގެ ސަރުކާރު ފެށުމާއިއެކު އެންމެ ފުރަތަމަ އިސްކަމެއް ދިނީ އެމްޑީއެން ޖަމިއްޔާ އުފައްދައިގެން އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަ ކުރަމުންދިޔަ ބޯގަންވިލާ ޝަހިންދާ އިސްމާއިލް ރާއްޖޭން ބޭރަށް ފުރުވާލާ ހިމާޔަށް ދިނުމަށެވެ. އެއަށްފަހު އިސްލާމް ދީނަށާއި މާތް ނަބިއްޔާއަށް ފުރައްސާރަކުރަމުންދާ މަންދު ކޮލެޖްގެ ވެރިޔާ ބޯގަންވިލާ އިބްރާހިމް އިސްމާއީލް (އިބްރާ) ގެ މަންދު ކޮލެޖަށް ވަނީ ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާ ސަރުކާރުން ދީފައެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވި ފަހުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 2 ބިލިއަނާއި ގާތްކުރާ އަދަދަކަށް މިހާރު ފައިސާ ދީފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި އެންމެ ޚާއްސަ އިސްކަމެއްދެއްވާފައިވަނީ ބޯގަންވިލާގެ އާއިލީ ވިޔަފާރި ތަކަށެވެ.

މީގެ އިތުރުން ރައީސް އިބްރާހިމްގެ ސީދާ ބެއްލެވުމުގެ ދަށުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހިންގާލުމުގެ ނަމުގައި އެޕާޓީގެ އެތެރޭގެ އިންތިޚާބަށް ސަރުކާރުން ފޯރުވި ނުފޫޒާއި އެކު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޯގަންވިލާ ފައްޔާޒް އިސްމާއީލް ވަނީ އިންތިޚާބުކޮށްފައެވެ. ފައްޔާޒް އިސްމާއިލް އިންތިޚާބުވިތާ މާ ގިނަ ދުވަހެއް ނުވެ އެމްޑީޕީ ބައިބައިވެ އެމްޑީޕީގެ ރައީސް ނަޝީދު އާއިއެކު އެތައް ބަޔަކު އެޕާޓީން ވަކިވެ މުޅިން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިކަންކަމާއި ގުޅިގެން އެމްޑީޕީގެ މެންބަރުންނާއި އާންމު ރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ގިނަ ބަޔަކު ފާހަގަ ކުރަނީ ބޯގަންވިލާ އާއިލާއަކީ ރައީސް އިބްރާހިމްގެ ސަރުކާރަށް ބަލަދު އަރާފައިވާ އާއިލާއެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button