
އިރާދަކުރެއްވިއްޔާ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންވެ، ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕިއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީނު ކަމަށާއި މިއާ ޚިލާފަށް އެމަނިކްފާނާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގަ ދައުރު ކުރަމުންދާ ޚަބަރުތަކަކީ ޙަޤީޤަތެއް ނޫން ކަމަށެވެ. އަދި ޚަބަރެއް އިވުމުން އެ ޚަބަރެއްގެ ތެދުދޮގު ނުބަލާ ފެތުރުމަކީ ފިތުނަވެރިކަމެއް ކަމަށްވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރާ ފަރާތްތަކަށް، އެކަން އެގޮތަށް ނުުކުރުމަށް ޑރ.މުޢިއްޒު ވަނީ ނަސޭޙަތްތެރިވެފައެވެ.
PPM ge riyaasee candidate akee alhugandumenge lobuvethi raees, Raees Yameen. Miaa khilaafah alhugandaa behey gothun social media ga dhauru kuramun dhaa khabarakee hageegathenoon. Khabareh ivumun e khabaregge thedhu dhogu nubalaa fethurumakee fithunaverikameh. Ekan nukurevvumah,…
— Dr Mohamed Muizzu (@MMuizzu) May 5, 2023
މީގެކުރިންވެސް އެކި ފޯރަމްތަކުގައި ޑރ. މުޢިއްޒުވަނީ މިިފަދައިން ވިދާޅުވެފައެވެ. އެގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދާދިފަހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.މުޢިއްޒު ވިދާޅުވީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެކަމުގައި އެއްވެސް ދެބަސްވުމެއް ނެތް ކަމަށެވެ. އަދި އެންމެން ތިބީ އެކަމަށް އެއްބަސް ކިޔައިގެން ކަމަށެވެ.