
ފުރަތަމަ ފަހަރަށް ޕީޕީއެމް އަށް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ލިބި ގިނަ ޕްރޮޖެކްޓްތަކެއް މާލޭ ސަރަހައްދުގައި ހިންގައި ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފިއެވެ.
ޕީޕީއެމްއަށް ސިޓީ ކައުންސިލްގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ލިބި، އެންމެ ބޮޑު ޝަކުވާއަކަށް އައިސްފައިވަނީ ސަރުކާރުގެ އެއްބާރުލުން ސިޓީ ކައުންސިލްއަށް ނުލިބޭ ޝަކުވާއެވެ. ސިޓީ ކައުންސިލްއަށް އަހަރެއްވެ ދިޔަ އިރު މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހިއްސާ ކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ސަރުކާރުގެ އެއްބާރުލުން މަޝްރޫއުތައް ހިންގުމުގައި ނުލިބޭ ކަމެވެ.
ސިޓީ ކައުންސިލްގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރުގެ ގޮންޖެހުންތައް ހުރިނަމަވެސް ކައުންސިލުން 2021 ގެ މެއިމަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހާސިލްކޮށްފައިވާ ކަންކަން އަދި ހަރަކާތްތައް މޭޔަރު މުއިއްޒު ވަނީ ހިއްސާކުރައްވާފައެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތި ތަކުގެތެރޭގައި މަގުތަކުގައި ދުއްވާ އެއްޗިއްސަށް ދުއްވަން އުނދަގޫވުމާއި، ދުއްވާ އެއްޗެހި ޕާކުކުރާނެ ތަން ނެތުން ފާހަގަކޮށްލެވެއެވެ. ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި 407 މަގުގެ މަރާމާތުކޮށްފައިވާއިރު ޕާކިން ޒޯނުގެ ގޮތުގައި 7293 ސައިކަލު ޒޯނާއި ،945 ކާރު ޒޯނު ސިޓީ ކައުންސިލްއިން ވަނީ ކުރަހާފައެވެ. އަދި މީގެ އިތުރައް 12106 ކާނުގަނޑު ސާފުކޮށްފައިވާއިރު 403 މަގުގައި، 938 ލައިޓް ހަރުކޮށްފައިވެއެވެ.
މިމުއްދަތުގައި 2،526 އުމްރާނީ މަސައްކަތައް،
މީގެ އިތުރަށް ސިޓީ ކައުންސިލްއިން ވަނީ އިމާރާތާއި ރަަށްވެހިކަމުގެ އިތުރުން ބިމުގެ މައްސަލަތަކަށްވެސް ހައްލު ހޯދަދީފައެވެ. އަދި 1209 ކޮންސްޓްރަކްޝަން ސައިޓުގެ ރައްކާތެރިކަން ސިޓީ ކައުންސިލްއިން ބެލިއެވެ.
ސަރުކާރުގެ ފަރާތުން އެއްބާރުުން ނުލިބުނުކަމުގައިވިއަސް ގޮތްތައް ހޯދައިގެންވެސް މާލޭގެ ރައްޔިތުންނަށް މަޝްރޫއުތައް ހިންގަވާނެކަމަށް މީގެ ކުރިންވެސް ޑރ.މުއީޒް ވަނީ ވިދާޅުވެފައެވެ.