ޚަބަރުސިޔާސީ

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ފަސް ބޭފުޅުން ކުރިމަތިލައްވައިފި

 

ފަސް ބޭފުޅަކު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތި ލައްވައި އެ ބޭފުޅުންގެ މައުލޫމާތު އާއްމު ކުރައްވައިފިއެވެ.

ހައިކޯޓުން ބުދަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން އެދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، އިއުލާނުގެ މުއްދަތު ހަމަވިއިރު ކުރިމަތި ލައްވާފައިވަނީ  ޒީނަތު އަލީ / ދަފްރަތަރު، ނަންބަރު 2616 މާލެ އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވާ ބޭފުޅެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ، ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއިއެކުގައި ވަކީލުކަމުގައި ނުވަތަ ފަނޑިޔާރުކަމުގައި  ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމެވެ.

މުސާރައިގެ ގޮތުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް 360000 ރުފިޔާ ލިބޭއިރު ލިވިން އެލަވަންސްއަށް 15000 ރުފިޔާ ގެ އިތުރުން ރިސްކު އެލަވަންސްގެ ގޮތުގައި 3300 ރުފިޔާ މަހެއްގެ މައްޗަށް ލިބޭއިރު އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝްއަރެންސާއި ފޯން އެލަވަންސް ލިބެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button