ޚަބަރު

ރައީސް ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ ބާއްވަނީ!

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ވ. އާރަށުގެ މުޢާމަލާތާއި ގުޅިގެން ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ޖޫން 7 ގައި ކުރިއަށް ގެންގޮސްފައިވާއިރުު، އެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ އެ މައްސަލައިގައި ދަޢުވާ ސާބިތުވާ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ ފަރާތްޕުޅުން ހުށަހެޅި އިސްތިޢުނާފީ ހުށަހެޅުންތަކެވެ.

މައްސަލައިގެ ދެވަނަ އަޑުއެހުން ބުރާސްފަތި ދުވަހު ހައިކޯޓުގައި ތާވަލުކޮށްފައި ވަނީ މެންދުރުފަހު 14:00އަށެވެ. މާދަމާގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާ އިސްތިއުނާފް ނުކުތާތަކަށް ފުރުސަތު ލިބިގެންދާނެ އެވެ.

މި މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައިތައް ގެންދިއުމަށްޓަކައި މި ހަފްތާގެ ހޯމަ އަދި އަންގާރަ ދުވަހު ވެސް އަޑުއެހުމެއް ތާވަލު ކުރެވުނެވެ. އެހެން ނަމަވެސް، ދަށު ކޯޓުގައި އޮތް ރ.ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހައި ކޯޓުން ވަނީ ދެ ދުވަހުވެސް އެ ކޯޓުގައި ތާވަލު ކުރެވުނު އިސްތިއުނާފީ އަޑުއެހުންތައް ކެންސަލްކޮށްފަ އެވެ.

އާރަށު އިސްތިއުނާފީ މައްސަލައަށް ހުރަސްއެޅޭ ގޮތަށް ދަށު ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދިއުމަށް ވެސް ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ. އަދި އެފަދައިން އެކަން ކުރުމަކީ އެމަނިކުފާނުގެ އިސްތިއުނާފީ ޙައްޤުތަކަށް ހުރަސްއެޅޭ ކަމެއްކަން ވެސް ޤާނޫނީ ވަކީލުންނާއި އިދިކޮޅު ލީޑަރޝިޕުން ގެންދަވަނީ ފާހަގަކުރައްވަމުން ނެވެ.

ރައީސް ޔާމީންގެ ޝަރީޢަތްތައް ކުރިއަށްގެންދާގޮތުން އިދިކޮޅު ލީޑަރޝިޕުން ވަނީ ރައީސް އޮފީހާއި، ޖޭއެސްސީ އަދި އެޗްއާރްސީއެމް އަށް ވަޑައިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ،

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button