ޚަބަރު
މަސްވެރިކަމުގައި ދެން ބިދޭސީންނަށްވެސް އުޅެވޭނެ

ދިވެހި މަސް ދޯނިތަކުގައި ބިދޭސީންނަށް މަސްވެރިކަމުގައި އުޅެވޭ ގޮތަށް ކަނޑުމަހުގެ މަސްވެރިކަން ބެލެހެއްޓުމާ ގުޅޭ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
ކުރިން އޮންނަ ގޮތުގައި ބިދޭސީންނަށް އުޅެވޭނީ މަސް ދޯންޏެއްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ކެއްކުން ފަދަ ކަންކަމުގައެވެ. އެކަމަކު އަލަށް ގެނައި އިސްލާހާއި ގުޅިގެން މަސްދޯނިތަކުގައި ބިދޭސީންނަށް ހަރަކާތްތެރިވެވޭނީ އުޅަނދެއްގެ ކުޑަ ބޮޑުމިނަށްބެލުމަށްފަހުގައެވެ. އެގޮތުން 15 ފޫޓަށްވުރެ ކުދި އުޅަނދުތަކުގައި 4 ބިދޭސީން، 15 މީޓަރާއި 24 މީޓަރާއި ދެމެދުގެ އުޅަނދުތަކުގައި ގިނަވެގެން ހަ ބިދޭސީން، އަދި 24 މީޓަރަށްވުރެ ބޮޑު އުޅަނދުތަކުގައި 8 ބިދޭސީންނަށް އުޅެވޭގޮތަށް ގަވާއިދު ވަނީ މިހާރު ބަދަލުކޮށްފައެވެ.