ޚަބަރުސިޔާސީ

މަސްކިރޭނެ ގޮތްނުވެ، އައިސް ނުލިބުމުން މަސްވެރިން ރަތަށް!

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ ކޮންމެ ދޯންޏަކުންވެސް 17-15 ޓަނުގެ މަސްބާނާފައިވީނަމަވެސް، މަސް ކިރޭނެގޮތް ނެތުމުގެ ސަބަބުން މަސްވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޒުވާން މަސްވެރިޔާ ޢަލީ ސާޖިދް ޓްވީޓްކޮށްފައިވާ ގޮތުގައި، މަސްބާނައިގެން ކޫއްޑޫއަށް ދިޔުމުން މަސް ނުކިރިގެން، ލ.މާންދޫއަށް ދިޔުމުންވެސް މަސް ނުކިރި ކިޔުގައި ތިބެން ޖެހުނެވެ.

މީގެ އިތުރުން، ކޮންމެ މަސްދޯންޏަކުންވެސް 15 ޓަނަށް ވުރެ ގިނައިން މަސް ބާނާފައިވީނަމަވެސް ލ.މާންދޫއިން ދޯންޏަކަށް ހަމައެކަނި 500 ކިލޯ އައިސް ދީފައިވާކަމަށް ޒުވާން މަސްވެރިޔާ ޢަލީ ސާޖިދު ބުނެފައިވެއެވެ.

މި ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރޭގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށާއި، ރަސް އައިންތަކުން ވަތްފުރައި، ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި، ޖާގަ ކުޑަ މަސްފެކްޓަރީ ބޭރުގައި ކިޔު ހަދައިގެން ތިބެންޖެހުން ނިމުމަކަށް ގެނެސްދޭނެ ކަމަށާއި، ރާއްޖޭގެ ރަށްތަކާއި ދުރަށް ދުއްވައިގެން އާންމުކޮށް މަސްވެރިކަން ކުރެވޭ ސަރަހައްދުތަކުގައި އޮފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމް ކުރުމުގެ އިތުރުން ތެލާއި އައިސްފަދަ ތަކެތި ހޯދުމަށްޓަކައި މާދުރަށް ދުއްވަން ނުޖެހޭނެ ކަމުގެ ވަޢުދުވަނީ ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button