ޚަބަރު

މާލޭގެ ޕާކުތަކަށް ދާ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެސިޓީ ކައުންސިލުން ނިންމައިފި

މާލެސިޓީގެ ސަލްޓަން ޕާކާއި ލޮނުޒިޔާރަތް ޕާކަށް ޒިޔާރަތް ކުރާ ބިދޭސީންގެ އަތުން ފީއެއް ނަގަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިކަން ކުރުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 104 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ. އެގޮތުން 12 ބޭފުޅުންގެ އަގްލަބިއްޔަތުން ޖޫން މަހުގެ 15 ފެށިގެން, ޓޫރިސްޓް ވިސާ އޮންނަ ފަރާތްތަކަށް ވުރެ ކުޑަ ފީއެއް ވޯކް ޕާމިޓް އޮންނަ ބިދޭސީން އަތުން ނަގަން ކައުންސިލުން ވަނީ ފާސްކޮށްފައެވެ.

ޖަލްސާގައި ވާހަދައްކަވަމުން މޭޔަރ ޑރ. މުޢިއްޒު ވިދާޅުވީ މިކަމަކީ އެހެން ޤައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށާއި، އެއީ ތަހުޒީބީ ކަމެއްކަމަށެވެ. އަދި ބިދޭސީން އަތުން ފީއެއް ނެގުމަކީ ތަފާތުކުރުން ކަމަށް ނުބެލެވޭ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

އެއީ ތަހުޒީބީ ކަމެއް، ތަފާތުކުރުން ކަމަކަށް ނުބެލެވޭ. ހަމަ ނޯމަލް ޕްރެކްޓިސްއެއް އެއީ“ މޭޔަރު ވިދާޅުވި އެވެ.

މިއާއިއެކު މޭޔަރ ވަނީ މިހާރުވެސް ދެ ޕާކްގެ ގޭޓްވެސް ބަލަހައްޓަމުން ދާތީ މިއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސަލްޓަން ޕާކްގައި މިކަން އަލުން ފަށާއިރު ލޮނުޒިޔާރަތް ޕާކުގައި މިކަން ފަށަނީ މުޅިން އަލަށް ކަމަށް މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.

ސަލްޓަން ޕާކާއި ލޮނު ޒިޔާރަތް ޕާކަށް ވަންނަ ބިދޭސީން އަތުން ފީނެގުން މިއަންނަ މަހުގެ 15 އިން ފެށިގެން ފެށުމަށްވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button