ޚަބަރު

މާލެ ސިޓީ ކައުންސިލުގެ ޢުމްރާ ދަތުރު ލިބުނު މުވައްޒަފުން ޢުމްރާއަށް ފުރައިފި

މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް 24 ނޮވެންބަރު 2022 ވަނަ ދުވަހުގެ ރޭ ބޭއްވި ”ސްޓާފް ނައިޓް“ގައި ނެގި ގުރުއަތުން ޢުމްރާދަތުރު ލިބުނު 5 މުވައްޒަފުން ޢުމްރާއަށް ފުރައިފިއެވެ.

މި ގުރުއަތުލާފައިވަނީ ކައުންސިލުގެ މުވައްޒަފުންގެ ތެރެއިން ކައުންސިލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ އަދި ހައްޖު ޢުމްރާގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ މެދުގައެވެ. މި ސްޓާފް ނައިޓްގައި ވަނީ އަގު ހުރި އިނާމްތަކެއް ދެއްވާފައެވެ.

މި ދަތުރަށް ގުރުއަތުން ހޮވިފައިވަނީ އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ތަހުމީނާ ، ސީނިއަރ ކައުންސިލް އޮފިސަރ ސުލްތާނާ ހަމީދު، ކައުންސިލް އޮފިސަރ މަރްޔަމް ޒާހިދާ، އަދި އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ރަޒާނާ، ގެ އިތުރުން ކައުންސިލް އެސިސްޓަންޓް ރަމްލާ އިބްރާހިމް އެވެ.

ކައުންސިލުގެ ސްޓާފް ނައިޓަށް މި ޢުމްރާ ދަތުރުތައް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ، ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ، ލިޓަސް މޯލްޑިވްސް އަދި އޮންދިގޯގެ ފަރާތުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button