ޚަބަރުސިޔާސީ

އަމީނީ މަގު ހަދާ ގޮތުގެ ސަބަބުން ތޮށްޖެހުން އިތުރަށް ގޯސްވާނެ: މޭޔަރު

އަމީނީ މަގު ހަދާގޮތުގެ ސަބަބުން ތޮށް ޖެހުން އިތުރަށް ގޯސްވާނެކަމަށް މާލެ ސިޓީގެ މޭޔަރ އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަމީނީމަގު ހަދަމުންދަނީ ޕޭވްމަންޓް ވަރަށް ފުޅާކޮށް ކަމަށާއި، މަގުގެ ދުއްވަން އޮންނަ ބައި 25 ފޫޓުން 21 ފޫޓް 10 އިންޗިއަށް ހަނިކުރުމުގެ ސަބަބުން މަގުގެ ތޮށްޖެހުން އިތުރަށް ގޯސްވާނެކަމަށް ފެނޭ ކަމަށެވެ. މީގެ އިތުރުން، ބިމުގެ އަޑިއަށްލުމަށް ކުރިން ނިންމާފައިވާ ”ކޭބަލްޓްރޭ“ އަނެއްކާވެސް މިފެންނަނީ ބިމުން މަތީގައި ހަދަމުންދާތަން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ޓުވީޓް މޭޔަރު ކޮށްފައިވަނީ އަމީނީ މަގު ހަދަމުންދާ ފޮޓޯ އަކާއި އަދި މަގުގެ ފުޅާ މިން އެނގޭނެ ގޮތުގެ ފޮޓޯވެސް ހިމަނާފައެވެ. އަމީނީ މަގު ހެދުމަށް ސިޓީ ކައުންސިލުން ރޯޑުޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މީގެ ކުރިން ހަވާލު ކުރި ނަމަވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޕްލޭނިން މިނިސްޓްރީ އިން ވަނީ އެކަން އާރުޑީސީ އާއި ފަހުން ހަވާލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button