ޚަބަރުސިޔާސީ

ގައުމުން ބައެއް ވިއްކާލުމަށްފަހު އެއީ ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް އިބްރާހިމް ވިދާޅުވެއްޖެ

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާއި ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސައިގައި ރާއްޖޭގެ އީޒެޓް ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް މައްސަލަ ނިމިފައި ވެއެވެ. އަދި މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީ އެެއްކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު ރޭ ރައީސް  އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ ދެކުނުން ރާއްޖޭގެ އިން އޮތީ ވަކިނުކުރެވިކަމަށެވެ. އަދި އިއްޔެ ނިމިގެން ދިޔައީ، ރާއްޖެއާ މޮރިޝަސްގެ ފުށުއަރާ ސަރަހައްދާއި ގުޅޭ ގޮތުން، ބައިނަލް އަޤުވާމީ ޤާނޫނުތަކާއި އެއްގޮތަށް، ކަނޑައަޅަންޖެހޭ އިން ކަނޑައެޅުން ކަމަށެވެ.

ރާއްޖެއިން 2000 ވަނަ އަހަރު ބައިވެރިވެފައިވާ މުއާހަދާ އާއި އެއްގޮތަށް އެއްވެސް ސަރަހައްދެއްގައި ޚާއްޞަ އިޤުތިޞާދީ ސަރަހައްދު ފުށުއަރާނަމަ އެސަރަހައްދެއް ބަހަންޖެހެނީ މެދުން ހަމަޔަށް ވާގޮތަށް ކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިއަދު ރާއްޖެއަކީ ބައިނަލް އަޤުވާމީހަމަތަކާއި މިންތަކާއި އެއްގޮތަށް އޮތް ގައުމެއް ކަމަށެވެ. ގައުމުގެ ބޮޑު ބައެއް ދޫކޮށްލުމުން އެއީ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށާއި މިސަރުކާރަށް ލިބިގެން ދިޔަ ކާމިޔާބީއެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button