ޗާގޯސް މައްސަލައިގައި، އެކުގައި މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާއެކު މަސައްކަތް ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.
އިއްޔެ ހަވީރުު ޕީޕީއެމް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ ޗާގޯސް މައްސަލައިގައި އެހެން ޕާޓީތަކަށްވުރެ ކުރިން އިސްނެގީ ޕީޕީއެމް/ޕީއެންސީން ކަމަށާއި އެ މައްސަލައިގައި އެންމެ ފުރަތަމަ މަސައްކަތް ފެށީވެސް އެ ޕާޓީން ކަމަށެވެ. އަދި ޕީޕީއެމްއިން މި ވާހަކަ ދައްކަނީ އިންތިޚާބަކާ ގުޅުވައިގެން ނޫން ކަމަށާއި، ޗާގޯސް މައްސަލައަކީ މައްސަލައެއްކަން ވެސް މި ސަރުކާރަށް ފާހަގަ ކުރެވުނީ ރިޔާސީ އިންތިޚާބު ބޯމަތިވުމުންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ މިއީ ޤައުމީ މައްސަލައެއް ކަމަށާއި މި މައްސަލައިގަ އަޅުގަނޑުމެންނާއެކީގަ މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެކީގަ މަސައްކަތް ކުރަން ޕީޕީއެމް/ ޕީއެންސީ މިއޮތީ ތައްޔާރަށް“ އަބްދުއްރަހީމް ވިދާޅުވިއެވެ.
”މިއީ ޤައުމީ މައްސަލައެއް މި މައްސަލައިގަ އަޅުގަނޑުމެންނާއެކީގަ މަސައްކަތް ކުރަން ތިބި ކޮންމެ ބަޔަކާ އެކީގަ މަސައްކަތް ކުރަން ޕީޕީއެމް/ ޕީއެންސީ މިއޮތީ ތައްޔާރަށް“
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ.