ޚަބަރުސިޔާސީ

އިމްރާން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރާ މައްސަލަ އޮބިއްޖެ

ހޯމް މިނިސްޓަރ އިމްރާންގެ ޖިންސީ ޝިކާރައަކަށް ވިކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞޯލިހަށް 2021 ގައި އަންހެނަކު ހުށަހެޅި މައްސަލަ އާއި ގުޅިގެން ރޭ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ބޮންތި ނޫހުގެ ނޫސްވެރިއެއް ކުރި ސުވާލަށް ރައީސް އެއްވެސް ޖަވާބެއް ދެއްވާފައި ނުވެއެވެ.

މިކަމެއް ހިނގާފައި ވަނީ 2021 ވަނަ އަހަރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރައީސް އާ މުލިއާގެ ކައިރިން އަންހެނެއް ވަނީ މިނިސްޓަރ އިމްރާންގެ ޖިންސީ ޝިކާރައަކަށް ވެފައިވާ ކަމަށް ބުނެ، މައްސަަލަ ތަހްޤީޤް ކޮށްދިނުމަށް އެދިފައެވެ. މި ހާދިސާ އަށް 2 ވަރަކަށް އަހަރުވެފައި ވާ އިރު އަދިވެސް މައްސަލައިގެ ތަހްޤީޤް އެއްވެސް ވަރަކަށް ކުރިޔަށް ގެންދެވިފައި ނުވާތާ މައްސަލައިގެ އެއްވެސް ވާހަކަ އެއްވެސް މީޑިޔާ އަށް ހިއްސާކޮށްފައެއް ނުވެއެވެ.

2021 ވަނަ އަހަރު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ބައެއް ނޫސްވެރިން ވަނީ ސުވާލު ކޮށްފަ އެވެ. މައްސަލަ އާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ފަހުން ދެއްވާނެ ކަމަށް ބުނެ އަދިވެސް މައްސަލަ ކުރިޔަށް ދާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ރައީސް ހާމަކޮށްދެއްވާފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button