އަދަބު ލުއިކޮށް ދެއްވި މީހުންގެ ތަފުސީލް ސަރުކާރުން ހާމައެއް ނުކުރި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި އަދަބު ލުއިކޮށްދެއްވާފައިވާ މީހުންގެ ތަފުސީލު ސަރުކާރުން ހާމައެއް ނުކުރިއެވެ.
އަދަބު ލުއިކޮށްދެއްވައި މިނިވަން ކޮށްދެއްވި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މާރާމާރީއާއި ގަތުލުގެ ކުށް ސާބިތުވެފައިވާ މީހުން ހިމެނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިކަމާ ގުޅޭ ތަފްސީލް ހޯދުމަށް އެދުމުން ވެސް މި މައުލޫމާތު ރައީސްއޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަޤާމުތަކަށް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ އަދަދުތައް ހޯދުމަށް ހުށަހެޅުމުން އެ މައުލޫމާތު ހާމަނުކުރުމުން އެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގެވުމުން ވެސް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައި ނުވާކަމުގެ މައުލޫމާރު ވަނީ ލިބިފައެވެ.