ކުރިމިނަލް ކޯޓުގެ ނިންމުމަށް ހައިކޯޓަށް އަލުން ގޮތް ނިންމޭނެ: ހައިކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމިޔަސް، ހައިކޯޓުން އެކަމަށް އަލުން ގޮތް ނިންމޭނެކަމަށް ހައި ކޯޓުން ބުނެފިއެވެ.
މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކޮށްފައިވާއިރު، ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވަނީ ކޮށްފައެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ސަން ކުންފުންޏާއި ކްރިކްގެ ރިޒާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރިއެވެ. އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމުގެ މައްސަލަ އިސްތިއުނާފް ކޮށްފައިވަނީ ކްރިކް ރިޒާއެވެ.
މައުލުމާތު ލިބޭ ގޮތުގައި މި މައްސަލައިގައި ސަންގެ ދެ ކުންފުނީގެ ފަރާތުން އިސްތިއުނާފު ކުރީ އެ ކުންފުނީގެ ދިފާއީ ހެކިތައް ސިއްރު ނުކުރެވޭނެ ކަމަށް ނިންމި ނިންމުމެވެ.