ޚަބަރު

ކުލަބު މާޒިޔާއަށް އެކަނި އެއް މިލިއަން ރުފިޔާ

އޭއެފްސީ ކަޕްގައި ވާދަކުރާތީ ކަމަށްބުނެ، ޔޫތު މިނިސްޓްރީން އެއް މިލިއަން ރުފިޔާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އެކަނި ހަދިޔާކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ މި އަމަލުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ ޔޫތު މިނިސްޓްރީއަށް  އަމާޒުވެފައެވެ.

ފާޑުކިޔުން އަމާޒުވަމުން ދިއުމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް  ވިދާޅުވީ މާޒިޔާއަށް އެހީތެރިކަން ފޯރުކޮށްދިނީ އެފްއޭއެމްއާ މަޝްވަރާ ކުރެވި މީޑިއާގައި ވެސް އެކަން ހިއްސާކޮށްފައި ކަމަށެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ކުލަބަކަށް ޔޫތު މިނިސްޓްރީން ވަނީ 247500 ރުފިޔާ ދީފައެވެ. އެކަމަކު މާޒިޔާ އަށް ވަނީ އިތުރު އެއް މިލިއަނާއި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ މެޗުތަކަށް ކުރި ދަތުރުގެ ޓިކެޓް ފައިސާގެ ގޮތުގައި 368،299.60 ރުފިޔާ ދީފައެވެ. އެހެންކަމުން  މާޒިޔާއަށް ސަރުކާރުން ދިން ފައިސާގެ އަދަދު ވަނީ މުޅި ޖުމުލަ ދޮޅު މިލިއަނަށް އަރާފައެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ މެދުގައި މިކަމާމެދު ނުރުހުން ފާޅު ކުރަމުން ދާއިރު ބައެއް ކުލަބުތަކުން ބަޔާން ނެރިފައިވެއެވެ. އަދި ބައެއް ކުލަބު ތަކުން ސޯޝަލް މީޑިއާގައި ފާޑު ކިޔަމުން ދާއިރު ކުލަބުތަކުގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށް ވެފައިކަން ހާމަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button