ޚަބަރު

ފެނަކައަށް ފަހު އެސްޓީއޯ ދަރުވާލަނީ: ސައީދު

 ފެނަކަ ކޯޕަރޭޝަން ދަރުވާލުމަށްފަހު  ސްޓެލްކޯ ދަރުވާލުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކުރިއަށް އޮތް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސްޓެލްކޯގެ ލޯންޗުގައި ”ދިދަ ޖަހާލައިގެން“ އެ ކުންފުނީގެ އެމްޑީ އަހްމަދު ޝަރީފް ކެމްޕެއިނަށް ވަޑައިގަންނަވާކަމަށެވެ.
”ފެނަކަ ދަރުވާލުމަށްފަހު އަނެއްކާ މިހާރު ސްޓެލްކޯ ދަރުވާލުމުގެ މަސައްކަތްތަކެއް ކުރަމުން ދަނީ. ބައި އިލެކްޝަނަށް، ސްޓެލްކޯގެ ލޯންޗުގައި ދިދަ ޖަހާލައިގެން އެއޮއް ދަނީ މާފުއްޓަށް، ގުޅިއަށް، ހުރައަށް،“ ސައީދު ވިދާޅުވި އެވެ.
އެކި އިންތިހާބުތަކުގައި ވައްކަން ކޮށް، މިހާރު  މެންބަރުންނާއި އަދުގެ ސަރުކާރު ރުއްސަން ވެގެން ސްޓެލްކޯގެ ލޯންޗުގައި ވެސް ރީނދޫ ކުލަލައި،  ލޯންޗު ވަށައިގެން ރީނދޫ ދިދަ ޖަހާ، ކެމްޕޭނުގެ މަސައްކަތުގައި އެ ދަނީ ސަރުކާރު ކުންފުނި ތަކުގެ ލޯންޗު ބޭނުންކުރަމުން ކަމަށް ސައީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button