ޚަބަރުސިޔާސީ

ސަރުކާރުން އެދުނު ގޮތަށް އެސްޑީއެފްގެ ހުރިހާ ބާރެއް ފިނޭންސް މިނިސްޓަރަށް ދޭން ނިންމައިފި

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުމުގެ ހުރިހާ ބާރެއް ސަރުކާރުން ބޭނުންވި ގޮތަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ލިބޭ ގޮތަށް އެ ފަންޑަށް ޤާނޫނީ ބާރު ދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް މިދިޔަ އަހަރުގެ މަޖިލީހުގެ ދެވަނަ ދައުރުގައި މި ބިލް ސަރުކާރުގެ ފަރާތުން މަޖްލީހަށް ވަނީ ހުށަހަޅުއްވާފައެވެ.

މި ބިލް ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއުން ނިންމި ގޮތުގެ ރިޕީޓުގެ ބަހުސް ހޯމަދުވަހު ޖަލްސާގައި ފަށާފައިވެއެވެ. އެ އިސްލާހުގައި  ބުނާ ގޮތުން އެސްޑީއެފްސީއަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސް އެވެ. އަދި ފިނޭންސް މިނިސްޓްރީން އެ ފަންޑް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މިހާރު އެ ފަންޑް ބެލެހެއްޓުމަށް ފިނޭންސް މިނިސްޓަރ އަދި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތިން ހަވާލުވެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއުންނެވެ.

އެސްޑީއެފްސީއާ ގުޅޭ އެއްވެސް މާއްދާއަކަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެއްވެސް ބަދަލެއް ގެނެސްފައިނުވާތީ އެ ބިލު މިހާރު އޮތް ގޮތަށް ފާސް ވެއްޖެނަމަ، އެސްޑީއެފްސީވެގެންދާނީ މާލިއްޔަތު ޤާނޫނުގައި ވާ ވަކި އުސޫތަކެއްގެ ދަށުން ބަލަހައްޓަން ޖެހޭ ފަންޑަކަށެވެ.

އެހެންނަމަވެސް، ބައެއް ބަދަލުތައް މާލިއްޔަތު ކޮމިޓީން ވަނީ ގެނެސްފައެވެ. އެގޮތުން، މި ބިލުގައި އަލަށް ހުށަހެޅި އިސްލާހުގައި ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު ހަމައެކަނި މިނސްޓަރަށް ލިބިދޭ ގޮތަށް އޮތް މާއްދާ، ކަމާ ބެހޭ އިދާރާތަކާ އެކު މަޝްވަރާކުރުމަށް ފަހު ކޮމިޓީން ނިންމި ކުރިން ވެސް ޤާނޫޏުގައި އޮތް ގޮތަށް އެމާއްދާ ބޭއްވުމަށެވެ. އެގޮތުން ދައުލަތުގެ ނަމުގައި ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދޫކުރުމުގެ ބާރު، ފިނޭންސް މިނިސްޓާރު ހުށަހެޅުމުން ރައީސަށް އެކަމުގައި ގޮތް ނިންމުމުގެ ބާރު ބޭއްވުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ.

އެ ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ މިފަދައިން އިސްލާހުކުރުމަށް ކޮމިޓީން ނިންމާފައިވަނީ ދައުލަތުގެ ދަރަންޏައި ގެރެންޓީސް މީހާރު 100 ބިލިއަނާ ގާތްކުރާ އަދަދަކަށް ހުރުމުންނާއި، ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 100% އާ ގާތްކުރާ މިންވަރެއްގައި ހުރިއިރު، ރާއްޖެ ފަދަ ނާޒުކު އިގްތިސާދެއް އޮތް ގައުމަކުން ލޯނު ނެގުމަކީ ހެޑް އޮފް ސްޓޭޓް ލެވެލްގައި މުޅި ދައުލަތާއި ގައުމުގެ މާލީ ހާލަތަށް ރިއާޔަތްކޮށް ނިންމަން ޖެހޭ ނިންމުމެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާދެއްވާފައިވާތީ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button