ޚަބަރުސިޔާސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މުޅި ތަރައްގީގެ ވަށާޖެހޭ މާސްޓަރ ޕްލޭނެއް: ރައީސް

ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަކީ މުޅި ތަރައްޤީގެ ވަށާޖެހޭ މާސްޓަރ ޕްލޭނެއް ކަމަށާއި މި ޕްލޭން ރާވާ ހިންގާނީ ޤާނޫނީ ބާރުވެރިކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްގެންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއު އިފްތިތާހް ކޮށްދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ކުރިޔަށް އޮތް 20 އަހަރަށް ހިންގޭ ތަރައްޤީގެ ވަށާޖެހޭ ބޮޑު މާސްޓާ ޕްލޭނެއް ކަމަށާއި މި ޕްލޭން ރާވާ ހިންގޭނީ އެކަމަށް ވަކިން ހާއްސަ ޤާނޫނެއް ފާސްކޮށްގެން ކަމަށެވެ.

”20 އަހަރުގެ މާސްޓަރ ޕްލޭނެއް އަޅުގަނޑުމެން ހަދަމުން މިދަނީ، އަދި މާސްޓަރ ޕްލޭނަކީ އެކަމަށް ހާއްސަ ޤާނޫނެއް ރައްޔިތުން މަޖިލީހުން ހެދި، އެޤާނޫނުގެ ބާރުވެރިކަން ލިބިފައިވާ ޕްލޭނަކަށް ހެދިގެންދާނެ“
ރައީސް ވިދާޅުވިއެވެ.
އިޤްތިސާދީ ކުރިއެރުވުމުގެ މާސްޓަރ ޕްލޭން، އިޖްތިމާއީ ކުރިއެރުވުމުގެ މާސްޓަރ ޕްލޭން އަދި މުޅި ތަރައްޤީގެ ވަށާޖެހޭ މާސްޓަރ ޕްލޭން ހިމެނިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ވީއައިއޭ މަސައްކަތުގެ ތެރޭގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސީ ޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރުން ކަމަށާއި އޭގެފަހުން ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި ސީ ޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދުކުރުމުން ވީއައިއޭގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބި ބާރު ސްޕީޑުގައި މަސައްކަތް ކުރިޔަށްދާނެ ކަމަށް ރައީސް މުއިއްޒު  ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސީ ޕްލޭން ޓާމިނަލް ބަދަލުކުރުމުގެ ތެރެއިން ފުނަދޫގައި މިހާރު ހުރި އޮއިލް ސްޓޯރޭޖް ވެސް އެހެން ތަނަކަށް ބަދަލުކުރާނެ ކަމަށެވެ. އެމަސައްކަތް ކުރިޔަށް އޮތް ދެ އަހަރުތެރޭ ނިންމާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

”އެހެންވީމަ އެ ބިން ހިއްކުމުގެ މަސައްކަތާއި ސީ ޕްލޭން ޓާމިނަލް ބަދަލުކުރުމުގެ މަސައްކަތާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަމަކީ ފުނަދޫގައި މިހާރު ހުރި އޮއިލް ސްޓޯރޭޖް އެހެންތާކަށް ބަދަލުކުރުން. އެކަމަކީވެސް މިއަހަރުތެރޭ ފެށި އޭގެ ބޮޑު މަސައްކަތެއް ނިންމައި، ގިނަވެގެން 18 މަސްދުވަހުގެތެރޭ އެހެންތަނަކަށް ރީލޮކޭޓް ކޮށް ނިންމާނެ ކަމެއް“ ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒުގެ ވިޝަންގައި ތަރައްގީ ކުރާ އާ ޓާމިނަލްގައި 25 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކެޕޭސިޓީއެއް ހުންނާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button