ޚަބަރު

ރޯދަމަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދި ބޮންޑެ ސަރުކާރަށް ގޮވާލައްވައިފި

މި ހިނގާ ރަމަޟާންމަހު، ކުރީގެ ރައީސް އަދި އިދިކޮޅު ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން، ޖަލުން ގޭބަންދަށް ބަދަލު ކޮށްދިނުމަށް އެދި އިބްރާހިމް ރަޝީދު (ބޮންޑެ) ސަރުކާރަށް ގޮވާލައްވައިފިއެވެ. އިއްޔެ އޮތް މަޖިލިސް ޖަލްސާގައި، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ގެންނަ އިސްލާހާ ބެހޭގޮތުން ބަހުސް ކުރެއްވުމަށްފަހު ވާހަކަ ފުޅު ނިންމަވާލައްވަމުން، ރައީސް ޔާމީނަކީ ވެސް ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅެއްކަމަށާއި، ރައްޔިތުން މިހާރުވެސް ބޭނުންކުރާ ބުރިޖާއި ދަރުމަވަންތަ ހޮސްޕިޓަލަކީ އޭގެ މިސާލެއްކަމަށް ބޮންޑެ ފާހަގަކުރެއްވިއެވެ.

”މާތްވެގެންވާ ރަމަޟާންމަސް، އަޅުގަނޑު ހަމަ އެދުނިން މައުމޫން އަބްދުލްގައްޔޫމް ވެސް ޖަލަށް ލީމާ އޭނާވެސްމި  ރަމަޟާން މަހު ދޫކޮށްލަން، ގެންނަން، އަނިޔާ ނުކުރަން. ހަމަ އެގޮތަށް މާތްވެގެންވާ މައްސަރެއްގައި އެބަތިބި ހުކުމް ނުކޮށް، މުއްދަތު ޖަހާފަ ވާނުވާގަ ޖަލުގައި ތިބި މީހުން. އެގޮތުން ޔާމީން ވެސް ހަމަ ގެނެސް ގޭގަ ބަހައްޓާލުން އެއީ އޮންނަ ކަމެއް“

”އެކަން ކޮށްދޭންޖެހޭ އަޅުގަނޑުމެން. އެއީ މި ގައުމަށް ވެސް ހަމަ ހިދުމަތްތަކެއް ކޮށްދީފަ، ބްރިޖާ އެތަން މިތާ ހޮސްޕިޓަލް އަޅާފަ ހުރި ބޭފުޅެއް. އަޅުގަނޑު އެދެން ހަމަ ޔާމީނު ވެސް މި ރަމަޟާން މަހުގައި ގޭގައި ބަހައްޓާލަދޭން، ސަރުކާރުން އެވަރު ކަމެއް ކޮށްލަދޭން“ ބޮންޑެ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button