ޚަބަރުސިޔާސީ

ހޯމް މިނިސްޓަރަކީ ޖިނާޢީ ބޮޑު ކުށްވެެރިއެއް: ބޮންޑެ

މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ ޖިނާޢީ ބޮޑު ކުށްވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ މިފަދައިން ވިދާޅުވީ މަޖިލީހުގައި މީޑިއާގެ މިނިވަންކަމާއި، މީޑިއާތަކަށް އިންޒާރުދިނުމާއި، ދަޢުލަތުގެ މީޑިއާ މިނިވަން ނޫންކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ.

ބޮންޑެ ވިދާޅުވީ މި ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނެވީ 7 ފެބްރުއަރީގައި ދަޢުލަތުގެ މީޑިއާ ހިސޯރު ކުރިމީހާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައި ވީނަމަވެސް މިސަރުކާރުން އެ މައްސަލަ އަދި ނުބަލާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަކީ ދިވެހި ދަޢުލަތުގެ މީޑިއާ ހިސޯރުކޮށްގެން ރައްޔިތުންގެ ބުއްދިއަށް އޮޅުވާލައިގެން މިރާއްޖޭގަ ލާދީނީ މީހުން އުޅެއޭބުނެ ސަރުކާރެއް ވައްޓާލި މީހެއްކަމަށާއި، އިމްރާނަކީ ޖިނާޢީ ބޮޑު ކުށްވެރިއެއް ކަމަށް ބޮންޑެ ވިދާޅުވިއެވެ.

”އިމްރާން އަކީ ދިވެހި ދާއުލަތުގެ މީޑިއާ ހިސޯރުކޮށްގެން ރައްޔިތުންގެ ބުއްދިއަށް އޮޅުވާލައިގެން މިރާއްޖޭގަ ލާދީނީ މީހުން އުޅެއޭބުނެ ސަރުކާރެއް ވައްޓާލި މީހެއް. ޖިނާޢީ ބޮޑު ކުށްވެރިއެއް އެހެރީ މި ރާއްޖޭގެ ހޯމް މިނިސްޓަރަކަށް“

-މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)-

މީގެ އިތުރުން ބޮންޑެ ވިދާޅުވީ ދަޢުލަތުގެ މީޑިއާ އަކީ މިނިވަން މީޑިއާއެއްގެ ގޮތުގައި އޮންނަންޖެހޭކަމަށެވެ. އަދި ދާދިފަހުން ދަޢުލަތުގެ މީޑިއާގެ ރިޕޯޓަރުން އިލެކްޝަންސް ކޮމިޝަންތެރެއަށް ނުވެއްދިކަމާއި، އެތަނުން ބޭރުވެސް ކުރިކަން ބޮންޑެ ފާހަގަކުރެއްވިއެވެ. އެހެންވީމާ މިސަރުކާރަކީ ސީދާ މީޑިއާގެ ދުޝްމަނެއް ކަމުގައި ބޮންޑެ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button