ޚަބަރު
މޯލްޑިވިއަނުން އަލަށް ގެނައި މަތިންދާބޯޓު ތަކުގައި ފަތުރުވެރިން ގެންނަ ކަނޑުފަތިތައް އަރުވާނެ ޖާގައެއް ނުހުރޭ: ޖެނިފާ

މޯލްޑިވިއަނުން އަލަށް ގެނައި މަތިންދާބޯޓު ތަކުގައި ފަތުރުވެރިން ގެންނަ ރާޅާއަޅާ ކަނޑުފަތިތަކާއި ފަތުރުވެރިން ގެންނަ ސާފްބޯޑު ފަދަ ތަކެތި އަރުވާނެ ޖާގަ ނުހުންނަ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަންގެ ފުލައިޓުތަކާއި ޚިދުމަތްތަކާ އަދި އަގުތަކާމެދު ފަހަކަށް އައިސް ރައްޔިތުން ދަނީ ހިތްހަމަނުޖެހުން ފައުޅުކޮށް ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. އަދި މިފަހުން ދިވެހި ނޫހެއްގައި ޝާއިއުކުރި އެފަދަ ހަބަރަކަށް ރައްދުދެއްވަމުން ޖެނިފާ އޭރު ވިދާޅުވީ ކަނޑުފަތި އުފުލުމަށް ހައްލެއް ހޯދަން މަސައްކަތް ވެސް އެބަ ކުރައްވާކަމަށާއި ލަގެޖް އޮފްލޯޑުވުމަކީ މަދުން ނަމަވެސް ދިމާވެދާނެ ކަމެއްކަމަށެވެ. ނަމަވެސް ހައްލެއް ނުަހޯދި އުޅެނިކޮށް އަލަށް ގެނައި މަތިންދާބޯޓުތަކުން ވެސް އެކަމަށް ވަނީ ހައްލެއް ނުހޯދިފައެވެ.