ޚަބަރުވިޔަފާރި

އައިލޭންޑް އޭވިއޭޝަނުން ދެ އެއާބަސް ކުއްޔަށް ހިފަނީ

އައިލޭންޑް އޭވިއޭޝަނުން އޭ330-200 މަރުކާގެ ދެ އެއާބަސް ކުޔަށް ހިފުމަށް އިއުލާންކޮށްފިއެވެ.

މި މަތިންދާ ބޯޓު ހޯދުމަށް ނިންމީ ދުރު މަންޒިލްތަކަށް އަލުން ދަތުރު ފެށުމަށް ކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ހަ އަހަރުގެ މުއްދަތަށް ކުއްޔަށް ހިފަން ނިންމާފައިވާ ދެ ބޯޑުން ދަތުރުކުރާނެ މަންޒިލަކާއި އަދި ދަތުރުތައް ފެށުމަށް ނިންމާފައިވާ ތާރީހާއި ކުއްޔަށް ހިފާ އަގެއް އަދި އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރިން މޯލްޑިވިއަންގެ ފްލައިޓްތަކުން ވަނީ ޗައިނާއަށް ދަތުރުކޮށްފައެވެ. އެހެން ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކުގައި އެ ދަތުރުތައް ވަނީ މެދުކަނޑާލަން ޖެހިފައެވެ.

މޯލްޑިވިއަންއުން މިހެން އިއުލާންކޮށްފައިވާއިރު، މިދިޔަ މަހުގައި އެ އެއާލައިން ވަނީ އޭޓީއާރު މަރުކާގެ ދެ ބޯޓު ގަނެފައެވެ. އަދި މި ބޯޓުތައް މިހާރު ވަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ފަށާފައެވެ. އަދި އެ ކުންފުންނިން ބުނެފައިވާ ގޮތުގައި އިތުރު އޭޓީއާރެއް ގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

200 މީހުންގެ ޖާގައިގެ، އޭ330-200 މަރުކާގެ އެއާބަސްއަކީ 12450 ކިލޯމީތާރުގެ ދުރު ރާސްތޔާއަކަށް ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ ބޯޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button