ޚަބަރުސިޔާސީ

ފަލަސްތީނުގެ ހައްގުގައި އުފެއްދި ފޭސްބުކް ގުރޫޕެއް އެމްޑީޕީއިން ހިސާރުކޮށްފި

ފަލަސްތީނާ ދެކޮޅަށް ކުރާ ހަނގުރާމަތައް ހުއްޓުވުމަށް ގޮވާލައި ފަލަސްތީނުގެ ހައްގުގައި 2018 ވަނަ އަހަރު، ރާއްޖެއިން އުފެއްދި ފޭސްބުކް ގުރޫޕެއް، ވެރިކަންކުރާ އެމްޑީޕީއިން ހިސާރުކޮށްފިއެވެ.

”މޯލްޑިވްސް ސްޓޭންޑްސް ވިތް ފަލަސްތީން“ ގެ ނަމުގައި އުފައްދާފައިވާ ގުރޫޕުގައި އޭރު 50 ހާހާ ގާތްކުރާވަރަށް މެމްބަރުން ތިބިކަމަށްވާއިރު، އެމްޑިޕީއިން އެ ގުރޫޕް ހިސާރުކުރުމާއި އެކު އެ ނަންބަރު ވަނީ 25 ހާހަށް ތިރިވެފައެވެ. އަދި މިގޮތަށް ކަންތައްވެފައިވަނީ، ސަރުކާރުން އެ ގުރޫޕުގެ މަގުސަދު އޮޅުވާލައި، ސަރުކާރުގެ ފައިދާއަކަށް އެ ގުރޫޕުގެ ބޭނުން ހިފާތީކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޓްވިޓާގައި މިކަމާ ގުޅިގެން ޕޯސްޓުތަކެއް ދައުރުވަމުންދާއިރު، އޭގެއިން ފެންނަގޮތުގައި ”މޯލްޑިވްސް ވިތް ފަލަސްތީނު، #ފްރީ ފަލަސްޓިން“ ގުރޫޕު އުފައްދާފައިވަނީ މެއި 2018 ގައެވެ. އަދި އެފަހުން ޖުލައި 2021 ގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ ނަމަށް ބަދަލުކޮށްފައިވާއިރު، ސެޕްޓެންބަރު 2021 ގައި އެ ގުރޫޕުގެ ނަންވަނީ ”އެމްޑިޕީ، ގައުމީ މަޖިލިސް 2021“ އަށް ބަދަލުކޮށްފައެވެ. އަދި މާރިޗު 2022 ގައި ”އެމްޑީޕީ #ހިނގާލަން ފައްޔާޒު ފޯ #އެމްޑިޕީޗެއާޕާސަން“ އަށް އެ ގުރޫޕުގެ ނަން ބަދަލުކޮށްފައިވާއިރު، މެއި 2022 ގައި އެ ނަން ވަނީ ”އެމްޑިޕީ ސޯޝަލް މީޑިއާއޮފިޝަލް #އެމްޑިޕީ2023“ އަށް ބަދަލުކޮށްފައެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން، މިފަދަ އެތައް ޕްރޮޕަގެންޑާއެއް ކުރިއަށް ގެންދާކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުންދެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button