ޚަބަރުސިޔާސީ

އައްޑޫ ރައްޔިތުން ތާހިރު ނުވާކަމަށް ބުނި ރައީސް އިބޫ އައްޑޫގައި ކެމްޕޭން ނިންމާލުމުގެ ޖަލްސާ ބާއްވަނީ

އަމިއްލަފުޅު ކެމްޕެއިން ދަތުރުފުޅެއްގައި ދާދި ފަހުން އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުން ތާހިރު ނުވާކަމަށް ވިދާޅުވުމަށްފަހު ކެމްޕެއިން ނިންމާލުމުގެ ޖަލްސާ އައްޑޫގައި ބޭއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ތެރެއިން އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ އައްޑޫ ރައްޔިތުން ތާހިރުވެގެން ނޫނީ ތަރައްގީގެ ވާހަކަ ނުދެއްކޭން ކަމަށް އަދި މިހާރު ތާހިރުވެފައިވާކަމަށްވެސް ބުނެފައެވެ.

ރައީސްގެ ކެމްޕެއިން ނިންމާލުމުގެ ޖަލްސާ ބޭއްވުމައް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.

ރައީސް ދެވަނަ ބުރަށް އައްޑޫއަށް ވަޑައިގަންނަވަން ނިންމާފައިވަނީ ކުރިން އެމަނިކުފާނު ކުރެއްވި ދަތަރުފުޅުގައި ތާއިދު ނުލިބުން ކަމަށް ގިނަ މީހުން ބުނެއެވެ. އެ ދަތުރުފުޅުގައި އައްޑޫ ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. އެ ޖަލްސާ ބާއްވާފައިވަނީ ބަރު ހަތިޔާރާއެކު ސިފައިންނާ ފުލުހުން ބޭނުންކޮށްގެން މުޅި ސަރަހައްދު ބެރިކޭޑު ޖަހައި ބަންދު ކުރުމަށްފަހުގައެވެ.

މި ފަހަކަށް އައިސް ރައީސް އިބޫ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ބޭނުން ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button