ޚަބަރުސިޔާސީ

މަހުލޫފަކީ މީގެ ކުރިން ގަނޑު ބަލައިގެން ވާހަކަ ދެއްކި މީހެއް ނޫން: ޝުޖާއު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަކީ ގަނޑު ބަލައިގެން މީގެ ކުރިން ވާހަކަދައްކަވާ ބޭފުޅެެއް ނޫންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕުރައިމަރީ ކެމްޕޭން ޖަލްސާގައި މިރޭ މިނިސްޓަރު މަހުލޫފެ ވާހަކަ ދައްކަވާ ވީޑިއޯ ޓުވީޓް ކުރައްވަމުން ޝުޖާއު ވިދާޅުވީ އެބޭފުޅާ ދަންނަ މަހްލޫފަކީ ގަނޑުބަލާގެން މީގެ ކުރިން ވާހަކަ ދެއްކި މީހެއްނޫން ކަމުގައެވެ.

”ޔަޤީން މިއޮތީ ލިޔެފަ ދިން އެއްޗެއް މީނަ ލައްވާ ކިޔުއްވާފަ.ކޯޓް ތަކުގަ ހިނގާގޮތަށް މިކަންވެސް މިއޮތީ ހިންގުވާފ.ަ“ ޝުޖާއު ވިދާޅުވިއެވެ

މިފަހަކަށް އައިސް މަހުލޫފް އަންނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޯޑަރަށް ހައްދެއް އިމެއް މިނެއް ނެތި ރައީސް ސޯލިހަށް ހުށާމަތު ކުރަމުންކަމަށް އާއްމު ރައްޔިތުން ސޯސަލް މީޑިއާގައި ތުހުމަތު ކުރެއެވެ.

One Comment

Leave a Reply to Ibbe Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button